ގއ. ވިލިނގިލި 14 ދޯނިން 14 ފަޅުވެރިއަކު ރެސްކިއު ޑައިވަރ ކޯސް ފުރިހަމަކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން ގއ. ވިލިނގިލި 14 ދޯނިން 14 ފަޅުވެރިއަކު ރެސްކިއު ޑައިވަރ ކޯސް ފުރިހަމަކޮށްފައިވާ ކަމަށް ބުނެއެވެ. ފިޝަރީޒް މިނިސްޓްރީއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމް މި ފެބުރުއެރީ އެއްވަނަ ދުވަހު ގއ. މަޑަވެލީގެ 8 މަސްވެރިއަކުވަނީ ފުރިހަމަ ކޮށްފައެވެ.
އެ މިނިސްޓްރީން ބުނީ މި ޕްރޮގްރާމަކީ، ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރެއްގެ ފެންވަރަށް ތަމްރީނު ކުރުމަށް، ކުރިއަށް ގެންދާ ޕްރޮގިރާމެއް ކަމަށެވެ.

