މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގއ އަތޮޅުގެ ޗެމްޕިއަންކަން ކަނޑުހުޅުދޫ އިން ދެވަނަ ފަހަރަށް ހޯދައިފިއެވެ.
ގޯލްޑަން ފުޓްސެލް މުބާރާތް ބާއްވަން ފެއްޓިފަހުން ކަނޑުހުޅުދޫ އަކީ މުބާރާތުގައި ގަވާއިދުން ބައިވެރިވަމުންދާ ޓީމެކެވެ. ގއ އަތޮޅުން ފާހަގަ ކޮށްލެވޭ ކަނޑުހުޅުދޫ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވާދަވެރިކުޅުމަކަށް ފަހު ގެމަނަފުށީ ފުޓްސަލް ޓީމާއި ވާދަކޮށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ޕެނަލްޓީގައި 6-4 ކާމިޔާބުކޮށް ކަނޑުހުޅުދޫ ވަނީ ޒޯންބުރަށް ކޮލިފައިވެފައެވެ.
މުބާރާތުގެ މިރޭގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކަނޑުހުޅުދޫ ޖާޒީ ނަންބަރު 9 އިސްމާއިލް އަންވާރުއެވެ. އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އަދި ގއ އަތޮޅުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކަނޑުހުޅުދޫ ޖާޒީ ނަންބަރު 11 އަހްނަފް ޒާހިރެވެ.
ގެމަނަފުށި މި މުބާރާތުގައި ފާހަގަ ވެގެން ދިޔައީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދިޓީމެއްގެ ގޮތުގައެވެ. ގޯލްޑަން ކެޕްޓަން އައްސަދު އަބްދުލްޣަނީ ގެ ކޯޗު ކަމުގެ ދަށުން ކުޅޭ ގެމަނަފުށީ ޓީމްއަކީ ފަހަކަށް އައިސް ފުޓްސަލް ގައި ގިނަ ކާމިޔާބީއެއް ހޯދަމުންދާާ ޓީމެވެ.

