ގއ.ކަނޑުހުޅުދޫ މުޖްތަމަޢުތެރެއިން ކޮވިޑް19 ގެ ކޭސްތަކެއް ފެނި ރައްކާތެރިވުރުމުގެ ފިޔަވަޅުތަށް އެރަށު ކައުންސިލުން ވަރުގަދަ ކޮށްފިއެވެ.
އިއްޔެ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވާ ކަނޑުހުޅުދޫ އިން ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅު ތަކަށް މިއަދުން ފެށިގެން އަމަލު ކުރުމަށް ވަނީ ނިންމާފައެވެ.
ކައުންސިލުން އަޅަން ނިންމި ފިޔަވަޅުތަށް
-
ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ނުބޭއްވުން
-
އެއް ގެއިން އަނެއް ގެއަށް ޒިޔާރާތް ކުރުން ހުއްޓައިލުން
-
ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން
-
ފިހާރަތަކުން ހިދުމަތްދޭއިރު އެޗްޕީއޭގެ ގައިޑްލައިން އެއްގޮތަށް ޚިދުމަތް ދިނުން
-
ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރެންޓުތަކުގައި އެޗްޕީއޭއިން އާންމު ކޮށްފައިވާ ގައިޑްލައިން އާއި އެއްގޮތަށް ޚިދުމަށް ދިނުން
-
މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓާލުން
-
ރަށަށް އަރާފޭބުން ވަގުތީ ގޮތުން މަޑުޖައްސާލުން
"ހުވަދޫ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ގއ.ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް ޠާރިޤު އަފީފު ވިދާޅުވީ، ކޮވިޑް19 ފައްސިވުމާއި ގުޅިގެން، މިހާތަނަށް ކޮންޓެކްޓްވި 28 ފަރާތެއްގެ ސާމްޕަލް ނަގައިފައިވާ ކަމަށެވެ. އަދި ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުންގެ އެއްބާރުލުން ލިބެމުންދާ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެ ފިޔަވަޅު ތަކަށް އަމަލު ކުރައްވަމުން ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ޠާރިޤު ވިދާޅުވިއެވެ.
މީގެ އިތުރުން ޠާރިޤު ވިދާޅުވީ އެރަށަކީ ވެކްސިން ޖެހޭ އާބާދީގެ 98 އިންސައްތަ މީހުން ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ ރަށެއް ކަމަށެވެ.

