އަލްމަންޑަކީ ސިއްޙީ އެތައް ފައިދާތަކެއް އެކުލެވޭ ކުޑަކުޑަ އޮށެކެވެ. އަދި ގިނައަދަދެއްގެ ނިއުޓްރިއެންޓްސް ފޯރުކޮށްދޭ އެންޓިއޮކްސިޑެންޓް ގިނަ އެއްޗެކެވެ.
ވިޓަމިން އީ ގިނައިން ލިއްބައިދޭ އަލްމަންޑަކީ ލޭގައި އުފެދިފައި ހުންނަ ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ، އަދި އޭގައި އެކުލެވޭ މެގްނީޒިއަމްގެ ސަބަބުން ލޭގެ ޕުރެޝަރާއި ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭ މުހިންމު ބާވަތެކެވެ.

އަލްމަންޑްގައި ހިމެނޭ ސިއްޙަތަށް ފައިދާ ހުރި ވިޓަމިން އޭ އާއި ވިޓަމިން-އީގެ ސަބަބުން ހަންގަނޑު އަލިކޮށްދީ ސާފުކޮށްދެއެވެ. އަދި އަލްމަންޑް ބޭނުންކުރުމުން ހަންގަނޑު އޮމާންކޮށްދީ އުޖާލާކޮށްދެއެވެ.
އަލްމަންޑް ތެލުން އިސްތަށިގަނޑު ވަރުގަދަ ކޮށްދީ އިސްތަށި ފޭބުމާއި ހަންފޮޅުން ފަދަ އިސްތަށިގަނޑަށް ދިމާވާ ސިއްޙީ މައްސަލަތަކުން ދުރުކޮށްދެއެވެ.

ހެނދުނު އަލްމަންޑް ބޭނުންކުރުމަކީ މުޅި ދުވަހު ދެމެހެއްޓެނިވި ހަކަތައެއް ފޯރުކޮށް ދިނުމަށް އެހީވެދޭ ކަމެކެވެ. ދުވާލަކު ގިނަވެގެން 14 އަލަމަންޑް ބޭނުން ކުރެވިދާނެކަމަށާ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

