ރާއްޖޭގެ ތިން އަތޮޅެއްގައި އިމިގްރޭޝަންގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަންސްގެ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.
ހޯމްޓީމްގެ ފަރާތުން ނޫސްވެރިންގެ ބައްދަލުކުރައްވާ މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝައްމާން ވިދާޅުވީ އިމިގްރޭޝަންގެ ހިދުމަތް ފުޅާ ކުރުމަށްޓަކާއި މިހާރު ހޯދަން ޖެހޭ ބައެއް ހުއްދަވެސް ހޯދާފައިވާ ކަމަށެވެ.
އެގޮތުން ޕާސްޕޯޓް ހިދުމަތާއި ވިޒާގެ ހިދުމަތްވެސް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް ޝައްމާން ފާހަގަ ކުރައްވާފައެވެ.
2023 ވަނަ އަހަރުގެ ފަހުކޮޅު ވެސް އޭރުގެ ސަރުކާރުން ވަނީ ގދ ތިނަދޫގައި އިމިގްރޭޝަންގެ އޮފީހެއް ގާއިމް ކޮށްފައެވެ.
މޯލްޑިވްސް އިމިގްރޭޝަންއިން ހިދުމަތް ފުޅާކުރުމުގެ ގޮތުން އޮފީސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވައި ޚިދުމަތްތައް ލާމަރުކަޒު ކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތަކަށްވާއިރު، މިހާތަނަށް އިމިގްރޭޝަންގެ ޚިދުމަތްތަކުގެ ދަށުން ރާއްޖޭގެ 7 ރަށަކުން އެ ހިދުމަތް ލިބެއެވެ.

