ބައްޔެއް ނޫން އެހެނަސް ވޭނެއް!
ބައްޔެއް ނޫނެވެ. ނިސްބަތުން ގިނަ އަންހެނުންގެ ދިރިއުޅުމުގައި ވޭންތަކާއި ގިނަ ގޮންޖެހުންތައް ކުރިމަތިލާން ޖެހިފައިވާ ކަމެކެވެ. ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (PCOS) ދަރިމައިވާ އުމުރުގެ އަންހެނުންގެ ތެރެއިން 13-8% އަންހެނުނަށް ޖެހޭ ކަމަށް ލަފާކުރެވެއެވެ.
ޕީސީއޯއެސް އަކީ ދަރިމައި ނުވުމަށް މެދުވެރިވާ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ދިގުމުއްދަތަކަށް ދިމާވާ ތަފާތު ސިއްޙީ މައްސަލަތަކާއި ގުޅިފައިވާ ކަމެކެވެ.
ޕީސީއޯއެސްގެ ސަބަބުން ހޯރމޯންސް އިމްބެލެންސް ވުމާއި، ޤަވާއިދުން ޕީރިއެޑްނުވުމާއި، ފަލަވުން އަދި ދަރިމައިވާ އަންހެނުންގެ ބިސްއުފެދޭ މިންވަރު ދަށްވެ އޮވިއުލޭޝަން މަދުވުމުން ބަލިވެ އިނުމަށް ދަތިތަކެއް ކުރިމަތިވެއެވެ.
މިކަން މެދުވެރިވާ ސަބަބު ނޭގުނު ނަމަވެސް އާއިލާއަށް ވާރުތަވާ ނުވަތަ ހަކުރުބަލި ހުންނަ އަންހެނުންނަށް މީގެ ނުރައްކާ ބޮޑުކަމަށް ކަމާއި ބެހޭ ޑޮކްޓަރުން ލަފާދެއްވައެވެ.

ޕީސީއޯއެސް އަށް ފަރުވާއެއް ނެތް ނަމަވެސް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުގެ ސަބަބުން އަލާމާތްތައް ރަގަނޅު ވާކަމަށްވެއެވެ.
ހަށިގަނޑަށް ފައިދާހުރި ދުޅަހެޔޮކާނާ ކެއުމާއި ޤަވާއިދުން ކަސްރަތުކޮށް ބަރުދަން ލުއިކުރުމަކީ ޕީސީއޯސް ޖެހުމަށް މެދުވެރިވާ ހަކުރު ބަލީގެ ނުރައްކާ ކުޑަކުރާކަމެކެވެ.
ދަރިމައިވާ އުމުރުގެ އަންހެނުން އުފުލަމުން މިދާ ވޭނީ ދިރިއުޅުމަށް އެހީތެރި ވުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި މަސައްކަތްތަކެއް ކުރެވެމުން ދާކަމީ މިފަދަ ފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ޕީސީއޯއެސް އާއި ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، އެކަން ދެނެގަނެ ފަރުވާކުރެވޭނެ ގޮތާއި ބެހޭގޮތުން ސިއްޙީ ހިދުމަތްދޭ ފަރާތްތަކަށް ސަރުކާރާއި އަމިއްލަ ޖަމިއްޔާތަކުން ގުޅިގެން މަސައްކަތްތަކެއް ކުރެއެވެ.

