ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅުމަށް މިއަދު ސުންގަޑި ހަމަވިއިރު އިލެކްޝަންސް ކޮމިޝަން، (އީސީ)އަށް 381 ހުށަހެޅުމެއް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އީސީގެ އޮފިޝަލަކު ހުވަހޫ ނިއުސް އަށް މައުލޫމާތު ދެމުން ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު ހަމަވިއިރު، ޖުމްލަ 381 ފޯމު ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެ ފޯމުތައް ޗެކުކޮށް، ބަލައިގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އީސީން ވަނީ ފޯމު ބަލައިގަތުމުގެ ވަގުތު، އިތުރު ނުކުރަން ނިންމައިފައެވެ.
ޖުމްލަ 381 ފޯމު އީސީއަށް ހުށަހެޅިއިރު އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީން ހުށަހެޅި 89 ފޯމު އަދި ޑިމޮކްރެޓްސް އިން ހުށަހެޅި 41 ފޯމު ހިމެނެ އެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރާއިރު އިންތިހާބު ބޭއްވުމަށް މިހާރު އިލެކްޝަންސް އިން ކަނޑައަޅާފައި ވަނީ މާޗު 17،ގަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ އިންތިހާބު ރޯދައިގެ 10 ދުވަސް ފަހުން ބާއްވާ ގޮތަށް ގާނޫނަށް ވަނީ ބަދަލު ގެނެސްފަ އެވެ.

