ޣައްޒާގެ އެންމެ ދެކުނުގައި މިލިއަނަކަށްވުރެ ގިނަ މީހުން ތާށިވެފައި ތިބިއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ތިބީ އެއްގަމު މަގުން ހަމަލާ ދޭން ތައްޔާރުވެގެންނެވެ.
ރަފާހަކީ ޣައްޒާ އާއި މިސްރާއި ދެމެދު ބޯޑަރު ސަރަހައްދުގައި އޮންނަ ރަށެކެވެ. މިތަނަކީ އިޒްރޭލާއި 64 އަކަ ކިލޯމީޓަރު (25 އަކަ މޭލު) ދުރުގައި އޮންނަ ސަރަހައްދެކެވެ. ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ހަމަލާދިން އިރު، ގިނަ އަދަދެއްގެ އިޒްރޭލު ސިފައިން ވަނީ އެ ސަރަހައްދަށް ވަދެފައެވެ އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 30،000 މީހުން ޝަހީދުވެ، ފަލަސްތީނުގެ ގާތްގަނޑަކަށް 1.4 މިލިއަން މީހުން ރަފާހްގައި ތާށިވެފައި އެބަތިއްބެވެ. ބޮމުގެ ހަމަލާތަކުގެ ސަބަބުން ސަރަހައްދުގައި ކުނި ގިނަވެ މީހުން ދިރިއުޅެނީ ވަރަށް ކުޑަ ތަންކޮޅެއްގަ އެވެ. މިހާރު އެތަނުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ތަނުގައި ދިރިއުޅޭ މީހުން އެތަކެއް ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ.
ތެލްއަވީވް އިން ބުނީ ހަމާސްގެ ހަތަރު ބްރިގޭޑެއް ރަފާހުގައި އެބަތިބި ކަމަށާއި، އެ މީހުން ވައިގެ މަގުން ދެމުންދާ ހަމަލާތަކަކީ އެ މީހުންނަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތަކެއް ކަމަށެވެ .އަދި އެ ސިޓީ ހުސްކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މީގެ ސަބަބުން ރަފާހުގައި ހިޔާވަހިކަން ހޯދަމުން އަންނަ މީހުން ވަނީ އިތުރު ނުރައްކަލަކަށް ހުށަހެޅިފައެވެ.
މިސްރުގެ ބޯޑަރާ ދިމާލުގައި ތާށިވެފައި ތިބި އާންމުން މިސްރު ސަރަހައްދަށް ފޮނުވައިލުމަށް އިޒްރޭލުން ދަނީ މަސައްކަތް ކުރަމުންނެވެ. މިކަމުގެ ސަބަބުން މިސްރުގެ ދާޚިލީ ސަލާމަތާ މެދު ކަންބޮޑުވުން އުފެދި، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މިލިއަނަކަށްވުރެ ގިނަ މީހުން އެ ގައުމުގެ ސަރަހައްދަށް ވެއްދުމަށް މަޖުބޫރުވެދާނެ ކަމުގެ ބިރު އެމީހުންނަށް އެބައޮތެވެ.
މިސްރުން ޣައްޒާގެ ބޯޑަރަށް 40 ޓޭންކާއި ހަތިޔާރު އެޅި ސިފައިން ފޮނުވާފައިވަނީ އިޒްރޭލުގެ އެއްގަމު އުޅަނދަކުން ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭތީ އެކަން ހުއްޓުވުމަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ރަފާހަށް އިސްރާއީލުން އެއްގަމު މަގުން ހަމަލާދީފިނަމަ އެކަމުގެ ނޭދެވޭ ނަތީޖާ ނުކުންނާނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބޭރުކުރުމަކީ ދެގައުމުގެ ދެމެދުގައި 40 އަހަރުވީ ކޭމްޕް ޑޭވިޑް ސުލްހައިގެ އެއްބަސްވުމާއި ހިލާފުވާނެ ކަމެއް ކަމަށް މިސްރުން ވަނީ ބުނެފައެވެ.
އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިސްރުގެ ވެރިރަށް ގާހިރާއިން ވަނީ ބޯޑަރު ސެކިއުރިޓީ ވަރުގަދަކޮށްފައެވެ. 1948 ވަނަ އަހަރު އިސްރާއީލު ދައުލަތް އުފެއްދުމަށް ފަލަސްތީނުގެ 750،000 އެއްހާ މީހުންވަނީ އެމީހުންގެ ގެދޮރާއި ބިންތަކުން ބޭރުކޮށް ގިނަ ބަޔަކު މާރާލާފައެވެ. ފަލަސްތީނުގެ ނަސްލު ނައްތާލުމާއި، ފަލަސްޠީނުގެ މުޖުތަމަޢު ގާތްގަނޑަކަށް މުޅިން ހަލާކުކޮށްލުމަށް އިޝާރާތްކޮށް، ނަކްބާ ނުވަތަ “ކާރިސާ” އޭ ކިޔައެވެ. ޣައްޒާގެ ގިނަ މީހުންނަކީ ނަކްބާ ރެފިއުޖީންގެ ދަރިފަސްކޮޅު އައި ބަޔަކަށް ވުމާއެކު ފަލަސްތީނު ދޫކޮށް ދާން ބޭނުން ނުވަނީ އެނބުރި އައުމަކީ ނާދިރު ކަމެއްކަން އެމީހުންނަށް އެނގޭތީ އެވެ ރަފާހުގައި ތިބި ފަލަސްތީނުގެ ގިނަ ބަޔަކު އެތައް ފަހަރެއްގެ މަތިން ގެދޮރު ގެއްލިފައިވާތީ އެ މީހުން އެތަން ދޫކޮށް ދާން ބޭނުމެއް ނުވެއެވެ. އިޒްރޭލުން މިހާރުވެސް ރަފާހަށް ދޭ ވައިގެ ހަމަލާތަކުގައި ކޮންމެ ދުވަހަކު 100 އަށްވުރެ އަށް ވުރެ ގިނަ މީހުން ދަނީ މަރަމުންނެވެ. ރަފާގެ 64 އަކަ ކިލޯމީޓަރުގެ ކޮންމެ ސަރަހައްދަކަށް 22،000 އެއްހާ މީހުން ތޮއްޖެހިފައިވެއެވެ.

