މިދުވަސްކޮޅު ލޮލުރޯގާ ފެތުރެމުންދާތީވެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މި ވަނީ ރައްކާތެރިވެ ސަމާލުވުމަށް އިލްތިމާސްކޮށްފައެެވެ. އެހެންކަމުން މިއީ ކިހިނެއް ޖެހޭ ކޮންކަހަލަ ރޯގާއެއްތޯ ދެނެގަތުން މުހިންމެވެ، އަދި މިކަމުން ރައްކާތެރިވާނެ ގޮތްތަކާއި މި ރޯގާަ ޖެހިއްޖެނަމަ އެންމެ އަވަހަށް ދެވިދާނެ ފަރުވާއެއްވެސް އެނގިހުރުމުން ބަލި އިތުރަށް ބޮޑުނުވެ އަވަހަށް ބަލިން ސަލާމަތްވުންވެސް ފަސޭހަވެގެންދާނެއެވެ.
ލޮލުރޯގާ އަކީ ކޮބާ؟
އައި ފްލޫ، ލޮލުރޯގާ ނުވަތަ ވައިރަލް ކޮންޖަންކްޓިވައިޓިސް އަކީ ލޮލަށް އަސަރުކުރާ އިންފެކްޝަނެކެވެ. އާންމުގޮތެއްގައި މި ރޯގާ އަކީ ވައިރަލް އިންފެކްޝަންގެ ސަބަބުން ދިމާވާ ރޯގާއެކެވެ. އޭގެ ސަބަބުން ލޯ ރަތްވެ، ލޮލުގައި ރިއްސުމާއި، ލޮލުން ފެން އައުން ފަދަ ކަންކަން ދިމާވެއެވެ.
އެންމެ އާންމުކޮށް ލޮލުރޯގާ ކުޑަކޮށްވެސް އިންފެކްޓް ވެއްޖެނަމަ، ހެނދުނު ނިދާ ހޭލާއިރު ލޮލުން އޮލަފެން އައިސް، ތެރަސްގަނޑެއްހެން އެއަންނަ ފެނުން އެސްފިޔަތައް ތަތްލައި ލޯ ހުންނާނީ ހުޅުވަން އުނދަގޫވާ ފަދަ ގޮތަކަށެވެ. އަދި އެ "ސްޓިކީޑިސްޗާޖް" ތަތްކޮށް ދަވަހެން ލޮލުން އައިސްފައި ހުންނަ ފެނުގެ ސަބަބުން ލޮލަށް ނުތަނަވަސްކަން އިހުސާސް ކުރެވެ އެވެ.
މިއީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާތީވެ، މި ބަލި ފަސޭހައިން އެކަކުގެ ލޮލުން ގައިން އަނެއް މީހާގެ ލޮލަށް ޖެހުން، ނުވަތަ މި ރޯގާ ފެތުރުމުގެ ފުރުސަތު ބޮޑުކަމުން ސަމާލުކަން ދޭން ޖެހޭވަރު ވެސް އެހާމެ ބޮޑެެވެ.
"ލޮލުރޯގާ". ލޮލުގައި ވައިރަސް ހުންނަތަން، ނުވަތަ ލޮލުގައި އަތްލުމަށްފަހު އެހެންއެއްޗެހީގައި އަތްލުމުން އެތަކެތިން، ނޫނީ އެ އަތުން އަނެއްމީހާގެ ގައިގައި އަތްލުމުން ނުވަތަ ލޮލުރޯގާ ޖެހިފައި ހުންނަ މީހާއާ ގައިގޯޅިވެ އުޅުން ފަދަ ކަންކަމުން މިބަލި އަނެއްމީހާއަށް ޖެހިދާނެއެވެ.

މާގިނައިން ފެން އައުމަކީ މި ލޮލުގެ ބަލީގެ އާންމު އަލާމާތެކެވެ.
ލޮލުރޯގާ ޖެހުމުން ފެންނަ އަލާމާތްތައް:
- ލޯ ރަތްވުން: ވައިރަލް އިންފެކްޝަން އާ ހެދި އުފެދޭ އިންފްލެމޭޝަންގެ ސަބަބުން ލޮލުގެ ހުދުކަޅި ރަތްވެފައިހުރުން، ނުވަތަ ލޮލުގެ ހުދުކަޅީގައި ލޭނާރުހިލި ފެންނަހެން ހުންނާނެއެވެ.
- ލޮލުގައި ރިއްސުން: އަސަރު ކޮށްފައިވާ ލޮލުގައި ކެނޑިނޭޅި ރިއްސުމާއި، ނުތަނަވަސްކަން އުފެދި، ލޯ ދުޅަވުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ.
- ލޮލުން އާދަޔާ ހިލާފަށް ފެން އައުން: މާގިނައިން ފެން އައުމަކީ މި ލޮލުގެ ބަލީގެ އާންމު އަލާމާތެކެވެ.
- ޑިސްޗާޖް: ހާއްސަކޮށް ނިދިން ހޭލާއިރު ލޮލުގެ ބޮނޑި އެސްފިޔަތަކާއެކު ތަތްލައި، ލޮލުން އޮލަފެނެއް ނުވަތަ ދޮސް އަންނަ ގޮތްވުން
- ފެނުމަށް އަސަރުކުރުން: ލޮލަށް އާންމުކޮށް ފެންނަ ގޮތަށް ތަންތަން ނުފެނި، ފުސްވެފައި ހުރުން
- ބްލަރޑް ވިޝަން: ވަރަށް މަދު ފަހަރެއްގައި ވަގުތީ ގޮތަކަށް، ލޮލުގެ ފެނުން ފުސްވާގޮތްވުން

ސައިފަތް ޕެކެޓް: ކެމޮމައިލް ނުވަތަ ގްރީން ޓީ ސައިފަަތް ޕެކެޓް، ހޫނުފެނުން ފޯކޮށްލުމަށްފަހު ލޯ މަރައި ބޮޑީ ބަންދުކޮށްފައި ހުންނަ ލޮލުގެ މަތީގައި ބާއްވައިގެން ފަރުވާދެވިދާނެ،
ލޮލުރޯގާ އިން ސަލާމަތްވުމަށް ރައްކާތެރިވުމާއި ސާފުތާހިރުކަމުގެ އާދަތައް
އިންފެކްޝަން ގެ ނުރައްކާ ކުޑަކުރުމަށް ސާފުތާހިރުކަމުގެ މި އާދަތައް ގެންގުޅެ، ލޮލުގެ މި މައްސަލައިން ތިމާއަށާއި އެހެން މީހުންނަށް ރައްކާތެރިވާށެވެ:
- މޫނުމަތީގެ އެއްވެސްތަނެއްގައި ނުވަތަ ލޮލުގައި އަތްލުމުގެ ކުރިން މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނަން ވާނެއެވެ.
- ސީދާ ލޮލުގައި އަތްލުމަކީ ވައިރަހާއި ބެކްޓީރިއާ އެންމެ ފަސޭހައިން ފެތުރޭ ސަބަބެއް
- ޓިޝޫ ނުވަތަ ތުނިސާފު ރުމާލެއް ބޭނުންކުރުން: ކެއްސާއިރު ނުވަތަ ކިނބިހި އަޅާއިރު ޓިޝޫ ބޭނުންކުރުމުން ރޯގާގެ ވައިރަސް ފެތުރުން ދުރުކޮށްދޭނެ
- ޕާސަނަލް އައިޓަމްތައް ހިއްސާނުކުރުން: ތުވާލި، ކޮސްމެޓިކްސް ނުވަތަ އެނޫންވެސް އަމިއްލަ އެއްޗެހި އެއްވެސް މީހަކާ ލޮލާއި ކޮންޓެކްޓްވެދާނެ ފަދަ ތަކެތި ހިއްސާ ނުކުރާށެވެ.
- ސާފުކުރުމާއި ޑިސްއިންފެކްޓް ކުރުން: ގެންގުޅޭ ސާމާނު، ފޯނު، ހެޑްސެޓް ފަދަ ތަކެތި ވެސް ސާފުކޮށް ގެންގުޅުން.، ޑިސްއިންފެކްޓްކޮށްލުން،
- ކޮންޓެކްޓް ލެންސްގެންގުޅޭނަމަ ސާފުތާހިރުކަމުގެ ރަނގަޅު އުސޫލުތަކަށް އަމަލުކުރުން، ޑިސްއިންފެކްޓުކޮށް، ތާވަލާ އެއްގޮތަށް ބަދަލުކުރުން ފަދަ، ލެންސާއެކު ނުނިދުމަށް ހާއްސަކޮށްސަމާލުވުން

ލޯ ފިނިފެނުން ގިނައިން ދޮވެ. ސާފު ތުވާލިކޮލަކުން ހިއްކުން،/ ހޫނުކަން ހުންނަ ފެނުން ބޮނޑިތާންކުރުން
ގޭގައި ދެވިދާނެ ބައެއް ފަރުވާތައް:
ލޮލުރޯގާ ޖެހިފައިވާ ނަމަ ގޭގައި ދެވިދާނެ ބައެއް ފަރުވާތަކުގެ ތެރޭގައި ހިމެނެނީ:
- ސެލައިން ސޮލިއުޝަން: ޑިސްޓިލްޑް ފެނާ އެކު ލޮނު އެއްކޮށްގެން ހަދާ ހޯމްމޭޑް ސެލައިން ސޮލިއުޝަނުން ލޯ ދޮވެލުމަކީ ލޮލުގެ ދުޅަކަން ފިލުވައިދޭ، ލޮލުން އައިސްފައި ހުންނަ ދަވަފެން ސާފުކޮށްދޭނެ
- ސައިފަތް ޕެކެޓް: ކެމޮމައިލް ނުވަތަ ގްރީން ޓީ ސައިފަަތް ޕެކެޓް، ހޫނުފެނުން ފޯކޮށްލުމަށްފަހު ލޯ މަރައި ބޮޑީ ބަންދުކޮށްފައި ހުންނަ ލޮލުގެ މަތީގައި ބާއްވައިގެން ފަރުވާދެވިދާނެ، އޭގެ ސަބަބުން ލޮލުގައި ރިހުމާއި ދުޅަކަން ދުރުކޮށްދޭނެއެވެ.
- ރަނގަޅަށް އަރާމުކޮށް ނިދުމަކީ ލޮލުގެ މި އިންފެކްޝަނާ ދެކޮޅަށް ދިފާއީ ނިޒާމު ވަރުގަދަކޮށް ހަށިގަނޑު ރަނގަޅުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
- ލޯ ފިނިފެނުން ގިނައިން ދޮވެ. ސާފު ތުވާލިކޮލަކުން ހިއްކުން،/ ހޫނުކަން ހުންނަ ފެނުން ބޮނޑިތާންކުރުން
- އާޓިފިޝަލް ކަރުނަ: ލޮލަށް އަޅާ ފެނެއް ބޭނުންކޮށްގެން ލޯސާފުކޮށް ދޮވެފައި ހިއްކުން، މިއާޓިފިޝަލް ޓިއާސް، ކަރުނައިގެ ސަބަބުން ލޯ ހިރުވައި ކެހުމާއި ރިއްސުން ދުރުކޮށްދޭނެ،
- މި ފަދަ ޑްރޮޕްސް ތައް ބޭނުން ކުރުން ރަނގަޅީ ޑޮކްޓަރެއްގެ ލަފައާއި އިރުޝާދާއެކުގައެވެ.
- ލުބްރިކޭޓިން އޮއިންޓްމަންޓްސް: ރިހުން ދުރުކޮށްލަން، ލޯ ހިކިފައި ހުރުމުން ދުރުކޮށްލަން ލުބްރިކޭޓިން އޮއިންޓްމަންޓްސް ބޭނުން ކުރުން ރަނގަޅެވެ.
- އެންޓިވައިރަލް އައި ޑްރޮޕްސް: ސީރިއަސް ހާލަތްތަކުގައި ނުވަތަ ވަކި ވައިރަލް ސަބަބުތަކެއް ދެނެގަނެވިފައިވާ ހާލަތްތަކުގައި، އިންފެކްޝަނަކާ ދެކޮޅަށް މަސައްކަތްކޮށް، "އެންޓިވައިރަލް އައި ޑްރޮޕްސް" ބޭނުންކުރުން
- ސްޓެރޮއިޑް އައި ޑްރޮޕްސް: ސްޓެރޮއިޑް އައި ޑްރޮޕްސް އަކީ މިއީ ލޮލު ރޯގާއާ ގުޅުން ހުރި އިންފްލެމޭޝަނަށް ފަރުވާ ދިނުމަށް އެހީތެރިވެދޭ
މިފަދަ ފަރުވާތައް ދިން ކަމުގައި ވިޔަސް ޑޮކްޓަރަށް ދެއްކުން މުހިންމެވެ. އަވަހަށް ރަނގަޅު ޑޮކްޓައްގެ އިރުޝާދާއި ލަފާ ހޯދަން ވާނެއެވެ.

