އެންމެ ދުވަސްވީ ބޭސްވެރި އެއް ބާވަތް ކަމަށްވާ ކެމޮމިލް ނުވަތަ ކެމޮމައިލް އިން ވަރަށް ގިނަ ބޭނުންތައް، އެކި ތަފާތު ގޮތްގޮތަށް ބޭނުން ކުރެވެއެވެ. ކެމޮމިލް މާތަކުގެ "އެސެންޝަލް އޮއިލް" އިން ތެޔޮ ނުވަތަ ކްރީމް ގެ ގޮތުގައި ބޭނުން ކުރެވެއެވެ. ހަމަ މި (ކެމޮމިލް މަލުގެ "އެސެންޝަލް އޮއިލް") ސައި ނުވަތަ ހާރބްސްގެ ގޮތުގައި ބޭނުންކުރެވޭނެއެވެ.
ހަމައެހެންމެ ގޭތެރެއާއި ހޯލުފަދަ ތަންތަން، އަދި ކާރުފަދަ އުޅަނދުތަކުގައި ވަސް ރަނގަޅުކޮށްލަން ކެމޮމިލްގެ މި އެސެންޝަލް އޮއިލް ބޭނުން ކުރެވޭނެއެވެ. އެރޯމާ ތެރަޕީގެ ގޮތުގައި ނަގާ ސެޝަންތަކާއި ސްޕާ މަސާޖްތައް ފަދަ "ރިލެކްސިން" އަރާމުކޮށްލުމުގެ ކަންތައްތަކަށްވެސް މި ބޭނުންކުރެވެއެވެ. އަދި ބައެއް ބޭސްތަކުގައިވެސް ހިމަނާފައި ހުރެއެވެ.
ކެމޮމިލް މަލުން ތައްޔާރު ކުރާ ތަކެތީގައި އެންޓިއޮކްސިޑެންޓް، އެންޓި-އިންފްލެމޭޓަރީ، އެންޓިސެޕްޓިކް، އެންޓިސްޕާސްމޯޑިކް އަދި ސެޑެޓިވް އިފެކްޓްސް ހުރެއެވެ. އަދި ބަޔޮލޮޖިކަލް ގޮތުން ހަރަކާތްތެރިވާ ގިނަ ކޮމްޕައުންޑްތަކެއް އެކުލެވިގެންވާ އިރު، އޭގެ ތެރޭގައި އެސެންޝަލް އޮއިލްސް އާއި ފީނޮލިކް ކޮމްޕައުންޑްސް – ފީނޮލިކް އެސިޑްސް، ކޫމަރިންސް އަދި ފްލެވޮނޮއިޑްސް ހިމެނެ އެވެ.

އޮބެސިޓީއާ ގުޅިފައިވާ އޮކްސިޑޭޓިވް ގެއްލުމަކުން ރައްކާތެރިކޮށްދޭ
އިން ވިޓްރޯ އަދި އިން ވީވޯ ދިރާސާތަކުން ދައްކާ ގޮތުގައި ޕޮލިފެނޮލްސް އަކީ މެޓަބޮލިކް ސިންޑްރޯމް އަދި އޮބެސިޓީ ފަދަ އޮކްސިޑޭޓިވް ސްޓްރެސްއާ ގުޅުންހުރި ބަލިތަކާ ދެކޮޅަށް ރައްކާތެރިކަމުގެ އަސަރުތަކެއް ކުރާ އެއްޗެކެވެ. މިއާ އެއްގޮތްވާ ގޮތުގެ މަތިން، ކެމޮމިލް އެކްސްޓްރެކްޓްސް އަކީ އޮބެސިޓީއާ ގުޅިފައިވާ އޮކްސިޑޭޓިވް ގެއްލުމަކުން ރައްކާތެރިކޮށްދޭ އެއްޗެކެވެ.
ކެމޮމިލްގެ އެންމެ އާންމު ވައްތަރަކީ ކެމޮމިލް ގަހުގެ ހިކިފައި ހުންނަ މަލުން ތައްޔާރުކުރާ ސަޔެވެ.
ކެމޮމިލް ބުއިން ތައްޔާރު ކުރާނެ ގޮތް
- ސައިސަމުސަލެއްގެ ރޯސްމޭރީ
- ސައިސަމުސަލެއްގެ ކެމޮމީލް
- ސައިސަމުސަލެއްގެ ތައިމް
- 3 ޖޯޑު ފެން
- ތެއްޔަކަށް އަޅައި، ފަނަރަ ވިއްސަކަށް މިނެޓް ކައްކާލާށެވެ.
- ލުނބޯ ފަޅިއެއްގެ ހުތް އެއްކޮށްލާށެވެ.
- މަތި ބަންދުކުރުމަށްފަހު ބައިގަޑިއެއްހައި އިރު ބަހައްޓާށެވެ.
އަދި ދެން ފުރޭންޏަކުން ފުރާނައިގެން ބިއްލޫރި ފުޅިއެއްގައި ބަންދުކޮށްލާށެވެ. އައިސްއަލަމާރީގައި ހަތް ދުވަހުގެންގުޅެވޭނެއެވެ. ކޮންމެ ދުވަހަކު ހެނދުނު ނާސްތާގެ ކުރިން ހޫނުކޮށްގެން އެއްތަށި ބޭނުންކޮށްލާށެވެ. ފޮނިރަހަ ލެއްވުމަށް މާމުއި ސަމުސަލެއް އެއްކޮށްލާށެވެ.
މިއީ ސިއްހަތަށް ފައިދާ ހުރި، އަދި ހަމައެހެންމެ ހަށިގަނޑުގެ ބަރުދަންލުއިކޮށްލަދޭނެ ހާބަލް ބުއިމެކެވެ.

ބަރުދަންލުއިކޮށްލަދޭނެ ހާބަލް ބުއިމެކެވެ….ފޮޓ÷ޯ:އައިސްޓޮކް
މިނޫންވެސް ގޮތްގޮތަށް ކެމޮމީލް ސަައި ތައްޔާރުކުރެވިދާނެއެވެ.
އާންމުކޮށް ސައި ތައްޔާރު ކުރާ "ސައި، ކޮފީ" ކެފޭ ތަކުގެ ވެއިޓަރުން ބުނާ ގޮތުގައި އެތަންތަނުން ދުވާލެއްގެ މައްޗަށް އެއްހާސް ތަށީގެ ކެމޮމިލް ސައި ނުވިކޭ ދުވަސްތައް އިނގިލިން ގުނާލެވޭހާ މަދެވެ. ދިވެހިންގެ ތެރޭގައިވެސް މިހާރު "ކަޅު" ސައި، ނުވަތަ ކަޅުސަޔަށް ކިރު އަޅައިގެން "ކިރު" ސައި ބުއިމުގެ ބަދަލުގައި އެކިކަހަލަ ހާބަލް ސައި ބުއިން ދުވަހަކަށްވުރެ ދުވަހެއް އަންނަނީ އިތުރު ވަމުންނެވެ.
"ހާބަލް" ސައިފަތުގެ ވިޔަފާރި ކުރާ ދެތިން ފަރާތަކާ ވާހަކަ ދައްކާލީމެވެ. އެފަރާތްތަކުން ބުނިގޮތުގައި މިވޭތުވި ފަނަރަ، ވިއްސަކަށް އަހަރުތެރޭގައި ހާބަލް ސައިފަތުގެ ޑިމާންޑް އަންނަނީ ބޮޑުވަމުންނެވެ. ދެހާހުގެ އަހަރުތައް ފެށިގެން އައިސް ވިހިވިހީގެ ފަހަތަށް މިއައި އަހަރުތަކުގައި، ކުރިއާ ހިލާފަށް ހަމައެކަނި "ދިވެހިން ބޭނުންކުރާ ކަޅުސައިފަތް" އަދި "ގްރީންޓީ"ގެ ބަދަލުގައި އެހެނިހެން "ފްލޭވާރ"ތަކާއި ހާބަލް ސައިފަތަށް މީހުންގެ ޝައުގުވެރިކަން ވަނީ ބޮޑުވެފައެވެ.

