މާފަންނުގައި ހުންނަ ވަޑާންގެއިން ހަރުފަ ފެނުނުކަން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ ޔަގީންކޮށްދީފައެވެ.
ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ހަރުފަ ފެނުނީ ވަޑާންގޭގައި ހުރި ފިލާތަކެއްގެ ތެރެއިންނެވެ. އެއީ ބޮޑު ހަރުފައެއް ކަމަށާއި ހަރުފަ ފެނުމާއެކު ސިފައިންނަށް އެކަން ރިޕޯޓުކުރި ކަމަށް މުވައްޒަފުންނާއި ހަވާލާދީ ބުނެފައިވެއެވެ.
މިވަގުތު އެ ހަރުފަ ވީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށާއި އެ ހަރުފައިގެ ސަބަބުން ވަޑާންގޭގައި މަސައްކަތް ކުރާ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްއިން އަދި ރަސްމީކޮށް ބަހެއް ބުނެފައިނުވެއެވެ.
ލަފާކުރެވޭ ގޮތުގައި ޓިމްބާ ހައުސްއިން ފެނުނީ “ޕައިތަން” ހަރުފައެކެވެ.
ވަރަށް މަދުން ނަމަވެސް މި ގޮތަށް މީގެ ކުރިން ވެސް ލަކުޑި ގުދަންތަކުން ހަރުފަ ފެނިފައި އެބަހުއްޓެވެ.

