ރާއްޖޭގެ ބޮޑު ބަޔަކަށް ނެރުނު ހުދު ސަމާލު މޫސުމާ ބެހޭ ގައުމީ އިދާރާ އިން ދަންމާލައިފިއެވެ
މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު އެންމެ ފުރަތަމަ ކ. އަތޮޅުން ފެށިގެން ގއ. އަތޮޅާ ހަމަ އަށް ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:30އާ ހަމައަށެވެ. އޭގެ ފަހުން މިއަދު ހަވީރު 18:00 ގެ ނިޔަލަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށް އެ އިދާރާ އިން ވަނީ ހުދު ސަމާލު ދަންމާލައިފައެވެ.
މި ގަޑިތަކުގައި ބޯކޮށް ވާރޭ ވެހުމާ އެކުގައި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ހުދު ސަމާލުގައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމުގައި މެޓް އޮފީހުން ހާމަކުރެއެވެ.
އަދި މީގެ އިތުރުން އިރުއުތުރާއި އިރުން މެދު ރާއްޖެ ތެރެއާއި، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 5 މޭލާއި، 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި ދުވަސްވަރަކީ މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.

