ހަށިގަނޑުގައި ހުންނަން ޖެހޭ މިންވަރަށްވުރެ ބޮޑަށް ދަގަނޑުގެބައި މަދުވެއްޖެ ނަމަ ރެޑްބްލަޑްސެލް ތަކުގައި އޮކްސިޖަން ( ހީމޯގްލޯބިން ) ގެންދިއުމަށް އެކަށީގެންވާ މާއްދާ ހަށިގަނޑުގައި ނުއުފެދޭ ކަމަށްވެއެވެ.
ނަތީޖާއެއްގެ ގޮތުން ދަގަނޑުގެބައި މަދުވެ، ލޭ މަދުވުމުގެ ސަބަބުން ވަރުބަލިވެ، ނެވާހިއްލުން ފަދަ ކަން ތައްތަކާއި ކުރިމަތިލާން ޖެހެއެވެ. ގައިގެ ހަންގަނޑު ރީނދޫވެ ހިތުގެ ވިންދު އަވަސްވެއެވެ.
ދަގަނޑުގެ ބައި މަދުވެ އާއްމުކޮށް ލޭ އަޅަމުންދާ އެތައް ބަޔަކު މި މުޖުތަމައުގެ ތެރޭގައިވެސް އެބަތިއްވެ. ދަނޑުގެބައި އެއްވަރެއްގައި ހިފަހެއްޓުންމަށް ތިރީގައި މިވާ ކާނާތައް ބޭނުންކޮށްލުން ރަގަނޅެވެ.
ކެއުމުގައި ފެހިކަންގަދަ ފަތް ބޭނުންކުރުން:
މުރަނގަފަތާއި،ކޮޕީފަތަކީ އޭގައި ދަގަނޑުގެ ބައި ހިމެނޭ ފަސޭހައިން ރާއްޖެއިން ލިބޭއެއްޗެކެވެ. ސްޕެނިޗް ފަތަކީވެސް އާއްމުކޮށް ދިވެހިރާއްޖެއިން ލިބެން ހުންނަ ދަގަނޑުގެ ބައި މަތިކޮށްލަދޭ ފެހިކަން ގަދަ ފަތެކެވެ. މިގޮތުން ބޮރޮކޮލީއަކީވެސް މިކަމަށް ބޭނުންކޮށްލަން ވަރަށް ރަގަނޅު ތަރުކާރީއެކެވެ.

މޭވާކެއުން:
ދަނގަޑުގެ ބައި މަތިކޮށްލަދޭ މޭވާގެ ތެރޭގައި އެވަކާޑޯ، ކަރާ، އަންނާރު، ކަދުރު،ޕީޗް. ސްޓޯބެރީ ހިމެނެއެވެ. ދަގަނޑުގެބައިން ހަށިގަނޑަށް އޮކްސިޖަން ފޮނުވައިދޭ ރެޑްބްލަޑްސެލްތަކުގައި ހިމެނޭ ޕްރޮޓީންއެއްކަމަށްވާ ހީމޯގްލޯބިން އުފައްދައި ދެއެވެ.

ޑާރކް ޗޮކްލެޓް ކެއުން:
ޗޮކްލެޓަކީ ވަރަށް ގިނަ މީހުންނަށް ވަރަށް މަޤުބޫލު ވަރަށް ފައިދާހުރި މެގްނީޒިއަމް، އަދި ފައިބަރު ހިމެނޭ އެއްޗެކެވެ.

އެކި ވައްތަރުގެ ނަޓްސް ކެއުން:

ހުރިހާ ވައްތަރެއްގެ ނަޓްސް އަކީވެސް ދަގަނޑުގެ ބައިމަތިކުރުމަށް ވަރަށް މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ. އޭގެ ތެރެއިން ބަރަބޯއޮށަކީ ފާހަނގަ ކޮށްލެވޭ ފަސޭހައިން ރާއްޖެއިން ލިބޭ އޮށެކެވެ.
ކެއުންބުއިމުގައި ގެންގުޅޭ ބައެއް އާދަތައް ބަދަލުކޮށްގެން މިކަމަށް ހައްލު ލިބިގެން ދާނެކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. ތަޖުރިބާކޮށްލައްވާށެވެ.

