ރައީސުލް ޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ ރިޔާސީ އިންތިހާބަށް ފަހު ރަައީސް ކަމުގެ މަގާމާއި ހަވާލުވެގެން އައްޑޫ ސިޓީއަށް ރައީސް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އެމަނިކުފާނު އައްޑޫ ސިޓީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 11:30 ހާއިރެވެ.
އެމަނިކުފާނު އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި މިދިޔަ އޮގަސްޓް 21 ގައެވެ. އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އެފަހަރު އެމަނިކުފާނު އައްޑު އަށް ވަޑައިގަތުމުން އެ ރަށުގެ ގިނަ ބަޔަކު މަރުހަބާ ދެންނެވުމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔައެވެ.
ރައީސްގެ މި ދަތުރުފުޅުގައި މިއަދު ހިތަދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ޖަލްސާގައި އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ އާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ.
އަދި އައްޑޫ ސިޓީއަކީ ރިޔާސީ އިންތިހާބުގެ ރައީސް ޑރ މުއިއްޒު ބޮޑެތި ވައުދުފުޅު ތަކެއް ވެފައިވާ ސިޓީއެކެވެ.

