ކޮފީ އަކީ ފައިދާ ހުރި ހުރިހާ އުމުރުފުރައެއްގެ މީހުންގެ މެދުގައި މަޤުބޫލު ބުއިމެކެވެ. ހެނދުނު ހެނދުނާ ކޮފީ ތައްޓެއް ބޯލުމަކީ ދިވެހީން އާދަކާދައިގެ ތެރޭގައި ހިމެނިފައިވާ ކަމަކަށް ވެއްޖެއެވެ. ދޭދޭ ރަހުމަތްތެރިންގެ އެކުވެރިކަން ދަމަހައްޓައިދިނުމަށް ކޮފީ ވަރަށް މުހިއްމު ރޯލެއް އަދާކޮށްދޭ ކަމަށް ވެއެވެ.
ކޮފީން ލިބިދޭ ސިއްޙީ ފައިދާ:
ކަޅުކޮފީއަކީ އެންޓިއޮކްސިޑެންޓްސްގެ ބާރުގަދަ އެއްޗެކެވެ. ވިޓަމިންބީ2، ބީ3، ބީ5 ،މެންގަނީޒް، ޕޮޓޭސިއަމް އަދި މެގްނީޒިއަމް ހިމެނެއެވެ،
އާދަވެގެން ދުވާލަކު 1 ނޫނީ 2 ތަށި ކަޅުކޮފީ ބުއިމަކީ ސްޓްރޯކް ހިމެނޭހެން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ކަޅުކޮފީ އަކީ ހަކަތަ އިތުރުކޮށްދީ ސަރުބީ އަންދާލުމަށް އެހީވެދޭ ދެހޯރމޯން ކަމަށްވާ ކޮރޓިސޯލް، އާއި އެޑްރިނައިލިން އުފެއްދުމަށް ބާރުއަޅާ އެއްޗެކެވެ. ފޮނިނޮކޮށް ބުއިމުން ކޮފީގެ ފައިދާ ދެގުނައަށް އިތުރުވާ ކަމަށް ވެއެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ހަކުރު ނާޅާ ކަޅުކޮފީ ބޭނުން ކުރުމުން ބަނޑުތެރޭގައި ހެދިފައިވާ ޖަރާސީމް ނައްތާލާ ބަނޑު ސާފުކޮށްދެއެވެ.
ރީތި ހަންގަނޑަކަށް ކަޅު ކޮފީ:
ކޮފީ އަކީ ހަމުގެ މަރުވެފައިވާ ސެލްތަކާއި، ހަމުގައި އުފެދިފައިވާ ޖަރާސީމްތައް މަޑުމަޑުން ދަމައިގަންނަ ގުދުރަތީ މާއްދާއެކެވެ. އަދި ހަންގަނޑަށް ފްރީ ރެޑިކަލްސް ގެ ސަބަބުން ލިބޭ ގެއްލުންތަކާއި ދެކޮޅަށް މަސައްކަތްކުރާ ފީނޯލް ފަދަ އެންޓި އޮކްސިޑެންޓްސް އިން ހަންގަނޑުގެ ކުލަ އަލިކޮށްދީ މޫނު ތާޒާކޮށްދެއެވެ.

ޤަވާއިދުން ކޮފީ މާސްކު ބޭނުންކުރުމުން ހަންގަނޑު އުޖާލާ ކޮށްދެއެވެ.
ކޮފީ މާސްކް ތައްޔާރުކުރާނެ ގޮތް:
ތައްޓަކަށް ކުކުޅުބިހެއް އެޅުމަށްފަހު 2ސައިސަމްސާ ކަޅުކޮފީއާއި ލުނބޯ ފަޅިއެއް އަޅާފައި ރަގަނޅަށް އެއްކޮށްލާށެވެ. ތައްޔާރު ކުރި ޕޭސްޓް މޫނުގައި އުގުޅާފައި 15 މިނެޓް ވަންދެން ބެހެއްޓުމަށް ފަހު ރަނގަޅަށް މޫނު ދޮވެލާށެވެ. މޫނުގެ ތާޒާކަން އިތުރުކޮށްދޭނެއެވެ.
ރީތި ހުދު ދަތްޕިލައަކަށް ކަޅު ކޮފީ:
ދިރާސާތަކުން ދައްކާގޮތުގައި ކަޅު ކޮފީއަކީ ދަތްތަކަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. ދަތްތައް ހަލާކުވުމަށް މެދުވެރިވާ ޖަރާސީމެއް ކަމަށްވާ ސްޓްރެޕްޓޮކޮކަސް މޫޓަންސް އިން ރައްކާތެރި ކޮށްދިނުމަށް ކޮފީ އެހީތެރިވެއެވެ.
ދަތްޕިލަ ހުދުކޮށްދިނުމަށް ކޮފީ ބޭނުންކޮށްގެން ގޭގައި ތައްޔާރުކޮށްލާނެ ކޮފީ ޕޭސްޓެއް ތިރީގައި މިވަނީއެވެ.
ކޮފީ ޕޭސްޓް ތައްޔާރުކުރާނެ ގޮތް:
1 ސައިސަމްސާ ކަޅުކޮފީ އާއި 1 ސަމްސާ ދަތްއުނގުޅާބޭސް، ތައްޓަކަށް އަޅާފައި ރަގަނޅަށް އެއްކޮށްލުމަށް ފަހު އޭގެ ތެރެއަށް 1 ސަމްސާ އޮލިވް އޮއިލްއާއި 2 ސަމްސާ ލުބޯހުތް އަޅާފައި ޕޭސްޓެއް ހަދާލާށެވެ.
ހަފްތާއަކު ދެ ފަހަރު އެޕޭސްޓު ބޭނުންކޮށްގެން ދަތް އުގުޅާށެވެ. 1 މިނެޓް ތެރޭގައި ދަތްތައް ހުދުވެ، ގިނަ ވަގުތައް ތާޒާކަންމަތީގައި ހުންނާނެއެވެ.
ކަޅު ކޮފީ އަކީ ފައިދާ ހުރި އެކި ބޭނުންތަކަށް އެއްވަނައިގެ އެއްޗެކެވެ. އެކުވެރިކަން ބަދަހިކުރުމަށް ކޮފީއަކަށް ގޮސްލާފައި ހަފްތާ ބަންދުގައި މީގެ ފޭސްމާސްކާއި ކޮފީ ޕޭސްޓް ގެ އަޖުމަ ބަލައި ލާށެވެ. ނިކަން ފައްކާވާނެއެވެ.

