ދެކުނުގެ އަތޮޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫސިޓީގެ ހުޅުމީދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހުވަދު އަތޮޅަށް ރައީސް ކުރައްވާ މިދަތުރުފުޅުގައި އައްޑޫސިޓީގެ އެންމެ ފަހު މަންޒިލަކީ ހުޅުމީދޫއެވެ. ރައީސް ވަނީ އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އައްޑޫސީޓީ ހިތަދޫ، މަރަދޫ ފޭދޫ އަދި ފޭދޫއަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އަދި އައްޑޫސިޓީގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއިވެސް ރައީސް ބައްދަލުކުރެއްވިއެވެ.
ރައީސް ހުޅުމީދޫއަށް ވަޑައިގެން ހުޅުމީދޫއާއި ހިތަދޫ ގުޅުވާލާ ބްރިޖުގެ ޕްރިމިލިނަރީ ޑިޒައިންއާއި ސާވޭތައް ހެދުމަށް ބަޔަކާއި ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައިށްގެ ދަތުރުފުޅުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް އެމަނިކުފާނާއިއެކު ބައިވެރިވެވަޑައިގަންނަވައެވެ. މިގޮތުން ދިފާޢީ ވަޒީރު ޣައްސާން މައުމޫން، ސްޕެޝަލް އެޑްވައިޒަރ އަބްދުއްރަހީމް އަބްދޫالله، އެޑިކޭޝަން މިނިސްޓަރ ޑރ.އިސްމާޢީލް ޝަފީއު، އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަދި ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު ގެންދަވަނީ ރައީސްއާއިއެކު މިދަތުރުގައި ވަޑައިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބެހޭގޮތުން ރައްޔިތުންނާއި މަޝްވަރާކުރައްވަމުންނެވެ.

