ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ޝަރީއަތްތައް އަވަހަށް ނިންމުމަށް ހައިކޯޓުން ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.
ހައިކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޓުގައި ނުނިމި ގިނަދުވަސްވެފައި ހުރި މައްސަލަތައް އަވަހަށް ނިންމުމަށް، ޚާއްސަ މަސައްކަތްތަކެއް ކުރަން ފަނޑިޔާރުން ނިންމަވާފައިވާ ކަމަށެވެ.
ހައިކޯޓުން ބުނީ މިފަދަ މައްސަލަތައް އަވަހަށް ނިންމުމަށް ކުރަމުންދާ ޚާއްސަ މަސައްކަތްތައް ކުރިއަށްގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ.
މިގޮތުން، އެންމެ ފުރަތަމަ ފިޔަވަހީގައި ޚާއްސަ އިސްކަމެއް ދީގެން 2017 ،2018 ،2019 އަދި 2020 ވަނަ އަހަރުގެ މައްސަލަތައް ނިންމުމަށް ކޮންމެ ދުވަހަކުވެސް ރަސްމީ ގަޑީގެ ފަހުން، 15:14 ގައި އެ މައްސަލަތަކަށް ޚާއްސަ ސްލޮޓެއް ކަނޑައަޅާފައިވާ ކަމަށް ހައިކޯޓުން ބުންޏެވެ.

