މީހެއްގެ ފޯނު ކޮމްޕްރޮމައިޒްކުރުމަށް ފަހު އޭނާގެ ބޭންކް އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރިގެންފިއެވެ.
އިސްކަންދަރުކޮށީގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މިދިޔަ މަހު ފެންމަތިވި އެ މައްސަލައިގެ ތުހުމަތު ހަތަރު މީހަކަށް ކުރެވޭ ކަމަށެވެ.
އޭގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ ގެއްލުނު ފައިސާގެ 80 ޕަސެންޓް، މައްސަލަ ހުށަހެޅިތާ 48 ގަޑިއިރު ތެރޭ ރިކަވާކޮށްފައިވާ ކަމަށެވެ.
އެއީ 1.6 މިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި، ތުހުމަތުކުރެވޭ މީހުންގެ އެކައުންޓްގައި ހުރި ފައިސާ އާއި ކޭޝްކޮށް ނަގާފައި ހުރި ފައިސާ އަދި އެ ފައިސާ ބޭނުންކޮށްގެ ގަނެފައިވާ ތަކެތި ވެސް ހިމެނެ އެވެ.

