ކުއީންސްލޭންޑްގައި އުފެއްދި ދުނިޔޭގެ ފުރަތަމަ ޖެނެޓިކަލީ މޮޑިފައިޑް ދޮންކެޔޮ އޮސްޓްރޭލިއާގައި އިންސާނުން ކެއުމަށް ބޭނުންކުރުމަށާއި ވިއްކުމަށް ހުއްދަ ދީފިއެވެ.
ކިއުސީއޭވީ-4 ދޮންކޭލަކީ ކުއީންސްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީގެ ސައިންސްވެރިންގެ ޓީމަކުން އުފެއްދި ދޮންކޭލުގެ ބާވަތެކެވެ. އެމީހުންގެ މައިގަނޑު މަގްސަދަކީ ވެލިން އުފެދޭ ފަންގަސްއެއް ކަމަށްވާ، ޕެނާމާ ބަލިން މޭވާތައް ރައްކާތެރިކުރުމެވެ. މި ބާވަތުގެ ދޮންކޭލަކީ ސްޓޭންޑަޑް ކެވެންޑިޝް ދޮންކޭލާއި ވައިލްޑް ސައުތު އީސްޓް އޭޝިއަން ދޮންކޭލުގެ ޖީން ހިމަނައިގެން އުފައްދާފައިވާ ދޮންކޭލުގެ ވައްތަރެކެވެ.

ވާތުން ކަނާތަށް: ވައިލްޑް ދޮންކެޔޮ ގަހަކާއި ކެވެންޑިޝް ދޮންކެޔޮ ގަހަކާއި ކިއުސީއޭވީ-4 ދޮންކެޔޮ ގަހެއް.
"ކިއުސީއޭވީ-4 އަކީ ކެވެންޑިޝް ގްރޭންޑް ނައިން ދޮންކޭލަށް ސައުތު އީސްޓް އޭޝިއަން ދޮންކޭލުގެ ބާވަތެއް ކަމަށްވާ މުސާ އަކިއުމިނާޓާ ސްއެސްޕީ މަލަކްސެންސިސްގެ ބަނާނާ ރެސިސްޓެންޓް ޖީން، އާރްޖީއޭ 2 އިން ބަޔޯ އިންޖިނިއަރ ކޮށްފައިވާ ދޮންކޭލެއް" ކިއުޔޫޓީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
"ކުރިންވެސް ކެވެންޑިޝް ދޮންކޭލުގައި އާރްޖީއޭ2 ޖީން އެކުލެވިގެންވޭ. އެކަމަކު އެއީ ބަލިކަށި ޖީންއެއް."
އޮސްޓްރޭލިއާ ސަރުކާރުން ވިޔަފާރީގެ ގޮތުން ވިއްކުމުގެ ހުއްދަ ދިން ނަމަވެސް ބާޒާރަށް ކިއުސީއޭވީ-4 ނެރެ ވިއްކުމުގެ ވިސްނުމެއް އަދި ނެތެވެ.

ކިއުޔޫޓީގެ މަޝްހޫރު ޕްރޮފެސަރ ޖޭމްސް ޑޭލް އާއި އޭނާގެ ޓީމުން، ނޯދަން ޓެރިޓަރީގެ ކިއު.ޔޫ.ޓީ ފީލްޑް ޓްރަޔަލް ސައިޓްގައި
ޕެނަމާ ބައްޔަކީ ކުއިންސްލޭންޑްގައި އާންމު ބައްޔަކަށް ވެފައި ސްޓޭންޑާޑް ކެވެންޑިޝް ދޮންކެޔޮގެ ސަޕްލައި މިހާރު އެތާގައި ވަރަށް ގިނައެވެ.
ފުޑް ސްޓޭންޑާޑްސް އޮސްޓްރޭލިއާ ނިއުޒިލޭންޑް (އެފްއެސްއޭއެންޒެޑް) އިން ވަނީ މިއީ އިންސާނުން ބޭނުންކުރުމަށް އެކަށީގެންވާ އެއްޗެއްގެ ގޮތުގައި ފާސްކޮށްފަ އެވެ.

