ހުޅުމާލެއާއި މާލެ ގުޅުވައިދޭ ސިނަމާލެ ބުރިޖުގެ ހައިވޭގައި ދަތުރުކުރި ޓެކްސީ ކާރެއް މަގުން ކައްސާލައިގެން ގޮސް އެ މަގުގެ އެއްފަރާތުގައި ހަރުކޮށްފައިހުރި ސޯލާ ޕެނަލުތަކުގެ ދަގަނޑު ފުރޭމު ތަކަށް އަރައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ހަލިމަގުގައި ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި ހިނގި މި އެކްސިޑެންޓުގައި ކާރުގެ ކުރިއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި މިވަގުތު ކާރު ދުއްވަން އިން ޑުރައިވަރު އެ ސަރަހައްދުގައި ނެތްކަން ފާހަގެވެފައިވެއެވެ.
މީގެ ކުރިންވެސް ހައިވޭގައި ދަތުރުކުރި ކާރެއް އެ މަގުގެ އެއްފަޅީގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކުގެ ދަގަނޑު ފުރޭމަށް އަރައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި، އެމަގުން ދަތުރުކުރި ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.
މިއަދު ހެނދުނު ހިނގި އެކްސިޑެންޓުގައި ކާރުގެ ކުރީކޮޅު އޮތް ގޮތަށް ބަލާއިރު އެ ކާރު ދަތުރުކުރީ ދަތުރު ކުރަން އޮތް ކޮޅު ނޫން ކޮޅަށް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ހައިވޭގައި މިއަދު ހިނގި އެކްސިޑެންޓާ ގުޅިގެން މިހާތަނަށް ފުލުހުން އެއްވެސް މައުލޫމާތެއް ހާމަނުކުރެއެވެ.

