ދަރިފުޅު ކިޔަވަން އިނދެފައި ތެދުވެގެން ދާތީ ކަންބޮޑު ވަނީހެއްޔެވެ. ހަމަކުއްލިއަކަށް ކުރަން ހުންނަ ކަމެއް ހުއްޓާލާފައި އެހެންކަމަކާ ދިމާއަށް ދާތީ ގޮވާލުމުންވެސް އަނބުރާ ނައިސް އެހެންކަަމެއް ފަށައިގަންނަނީ ހެއްޔެވެ. އެކަމާ ރުޅިގަދަ ނުވާށެވެ. ނުކިޔަވަން ގަދަ ހަދަނީއޭ ނުބުނާށެވެ.
ދަރިފުޅުގެ ސިކުނޑީގައި ތިޔަ ހީކުރާ ވަރަށްވުރެ މާ ބޮޑު ހައިޖާނެއް އެދަނީ ހިނގަމުން ކަން ނޭނގިހުރެ ބަސް ނުބުނާށެވެ. ލޯބިވާ އެދަރިފުޅަށް އޭނާ އެދަނީ ކިޔަވާ ފޮތް ބާއްވާފައި ފިލާވަޅު ނުހަދައި ދަސްނުކޮށް، މަންމަގެ ބަސް ނާހައި ކުޅެން ކަމެއް ނޫނީ އެހެންކަމެއް ކުރަން ވެގެންކަމެއް ނޭނގޭނެއެވެ.
އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސްއޯޑަރ/އޭޑީއެޗްޑީ އަކީ އުޅުމަށް އަންނަ ސުލޫކީ ބަދަލުތަކަކުން ނުކުންނަ ނަތީޖާއަކަށް ކިޔާނަމެކެވެ. ހާއްސައެހީއަށް ބޭނުންވާ މި މައްސަލަ، އޭޑީއެޗްޑީގެ ސަބަބުން ސަމާލުކަން ދޭން ދަތިވެއެވެ. ބޭނުންވާ ކަމެއް ވިސްނުމެއް ނެތި ހަމަކުއްލިއަކަށް، ވަގުތުން ހިޔާލު ބަދަލު ވުމާއި ކުރަން ހުންނަނ ކަންތައް ބަދަލުވުން، އަނެކާ ބުންޏަސް ގޮވިޔަސް އަނބުރާ ކުރަން ހުރި ކަމަކާ ދިމާއަށް އައުމަށް ނޭނގުން، ކުއްލިކުއްލިއަށް ނޭނގުމުގެ ތެރެއިން ބަދަލުއައުން (އިމްޕަލްސް) ކުރުން ކަހަލަ ކަންތައް ދިމާވެއެވެ.

އޭޑީއެޗްޑީ އަކީ އާއިލީ ވާރުތަވާ މައްސަލައެކެވެ…..ފޮޓޯ: އޭޑީއެޗްޑީ ފެކްޓްސް
އޭޑީއެޗްޑީ ހުންނަ ފަރާތެއްގެ ކިބައިން އެންމެ ފަސޭހައިން ފާހަގަ ވާނީ މިދެންނެވި ގޮތަށް ކަމެއް ކުރަން ބޭނުންވުމުން ހަމައެވަގުތު ކޮށްލުމެވެ. އެވަގުތަކާ ހާލަތާ ނުގުޅޭ ކަމެއް ކޮށްލުމެވެ. ފިލާވަޅު ކިޔައިދޭން، ދަސްކުރަން ހޯމްވޯކް ހަދަން އިނދެފައި ނުވަތަ ކުލާހުގައި މުދައްރިސް ފިލާވަޅު ބުނެދޭން ހުއްޓައި އެކަމުން ސަމާލުކަން ދުރުވެ ކުޅުން ނުވަތަ އެހެންވެސް އަމިއްލަ ކަމެއް ކުރަން ފެށުން ކަހަލަ ކަންތައްތައް ހިމެނެއެެވެ. ހަމައެހެންމެ މިސާލަކަށް އާއިލާ ނުވަތަ ގާތް ރައްޓެހިންނާއެކު ކޮންމެވެސް ހާއްސަ ކޮފީއެއް ނޫނީ މީރު ކެއުމަކަށް ތައްޔާރުވެ އެންމެން އިށީންނަ ވަގުތު، އެންމެނާއެކު ކާން އިށީނުމުގެ ބަދަލުގައި ތެދުވެގެން ގޮސް ފާހާނާ ދޮންނަންވަނުން، ނޫނީ އެހެންވެސް މިފަދަ ކަމާ ނުގުޅޭ ކަމެއްކޮށްލައެވެ. މިއީ މީގެ އެންމެ ބޮޑު އަލާމާތެވެ.
ހަގީގަތުގައި އެކުއްޖާއަށް ނުވަތަ އެމީހާއަށްވެސް އޭނާ އެވަގުތު އެއުޅެނީ ފިލާވަޅާ ދުރުގައި ބަސްނާހާ ކުއްޖަކަށް ވެގެންކަމެއް ނުވަތަ ކާން ނޫންކަމާއި އަންނައުނު ދޮންނަން ނުވަތަ ތަނެއް ސާފުކުރަން ކަމެއް ނޭނގޭނެއެވެ. އޭޑީއެޗްޑީ ހުންނަ މީހުންނަށް ނިދުމާއި ހާސްކަމުގެ އުނދަގޫތައް ފަދަ އިތުރު މައްސަލަތައް ވެސް ކުރިމަތިވެއެވެ.
އޭޑީއެޗްޑީ އެނގެނީ ކުދިންގެ އުމުރުން 3 އަހަރާއި 7 އަހަރާ ދެމެދުން ބައެއް ފަހަރު ވަރަށް ޅައުމުރުގައިވެސް ފާހަގަ ކުރެވެއެވެ. ކުޑަކުދިންގެ ގައިން ފެންނާނީ އިމްޕަލްސް(އަވަހަށް ކަންތައްކުރުން، ކުއްލިއަކަށް ކަމެއް ބޭނުން ވުމާއެކު އަވަހަށް އެކަމެއްކުރުން) މިއަލާމާތެވެ. ބައެއްފަހަރު ކުޑައިރުގެ މައްސަލަ ހުރިކަން ނޭނގި ބޮޑުވާފަހުން ފާހަގަ ކުރެވެއެވެ.
"ކުރިން ނޭނގޭ، އެނގުނީމާ ވަރަށް ހިތުގައި ޖެހި ދެރަވި، އެދެން ކަންތައް ކުރެވިފައި ހުރި ގޮތުން، ކުރިން ދަރިފުޅު އެގޮތަށް ތެދުވެގެން ގޮސް ގޮވިޔަސް ނާންނާތީވެ ރުޅި އައިސްގެން އަބަދު ތަކުރާރު ވާތީވެ ބާރަށް ބަސްބުނެވިފަ ހުރީ، ބައެއްކަހަލަ ނޭދެވޭ ކަންތައްތައްވެސް ކުރެވިފައި ހުރީ، އެނގުނީމަ ވަރަށް ހިތްދަތިވި، ދަރިފުޅާމެދު ހިތުނީ ކިހާ ގޯސްކޮށް ކަން ވިސްނިފަ ރޮވޭހަމަ، މިފަދަ ކުދިންނަކީ ފަރުވާ ކުރެވިދާނެ އަޅާލުމާއި ލޯބި ބޭނުންވާ އެހީތެރިން ބޭނުންވާ ބައެއް، އެކުދިންނަކީ ނުލަފާ ބަސްނާހާ ކުދިންނޭ ބުނުމުގެ އިހުމާލު ނުވާށޭ ބުނާނީ."
އޭޑީއެޗްޑީ ހުންނަ ދިހަ އަހަރުގެ ފިރިހެންދަރިފުޅު ޖުމާންގެ ވާހަކަ ކިޔައިދެމުން، ޝުހުދާ ތަޖުރިބާ ހިއްސާކޮށްލިއެވެ. މިހާރު ޖުމާންއަކީ ސުކޫލުގައިވެސް ހޮވާލެވޭ ފެންވަރަށް އެކުލާހުގައި މޮޅު ދަރިވަރެކެވެ. އެހެންނަމަވެސް މިއަދުވެސް އެމޫޑު ބަދަލުވެ ކުރަން ހުންނަ ކަންތައް ހުއްޓާލުމަށް ބަދަލެއް ނާދެއެވެ.
އޭޑީއެޗްޑީ އަކީ އާއިލީ ވާރުތަވާ މައްސަލައެކެވެ. މައިންބަފައިންގެ ފަރާތުން ވާރުތަވާ ޖީންތަކުން ދިމާވާކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އޭޑީއެޗްޑީ ހުންނަ ފަރާތެއްގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ ކުދީންނަށް އޭޑީއެޗްޑީ ޖެހުމުގެ ފުރުސަތު ބޮޑެވެ.

ރުޅިއައިސް ބަސްނުބުނާށެވެ. ދަރިފުޅު އެއުޅެނީ ގަސްދުގައިނޫނެވެ…..ފޮޓޯ: ހެލްޕްލައިން
ހައިޕަރ އެކްޓިވިޓީ އާއި އިމްޕަލްސިވް ކަމުގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ
- މެދުނުކެނޑި ފިޖިޓިން. (ފައިތެޅުވުން، އިނގިލިތަކުގެ ތެރޭގައި އެއްޗެއް އެނބުރުން، ނިޔަފަތިކެއުން، އެއިންނަ ތަނެއްގައި އިނދެ ހަލުވިކޮށް ކުރާ ކަންތައް)
- ހަމަޖެހިގެން ނުހުރެވުން ނުވަތަ މަޑުން، ހިމޭނުން އިނުމަށް ދަތިވުން.
- މަސައްކަތަށް ސަމާލުކަން ނުދެވޭ ގޮތްވުންމާގިނައިން ވާހަކަދެއްކުން. (އެއްވެސް ކަމަކާ ބެހޭ ގޮތުން ދައްކާ ކޮންމެ ވާހަކައަކަށް އާދަޔާ ހިލާފަށް މާބޮޑަށް ތަފުސީލު ބުނެދިނުން)
- މާބޮޑަށް ޖިސްމާނީ ހަރަކާތްތެރިވުން. (އަވަސްއަރުވާފައި، އަބަދުވެސް ކޮންމެވެސް ކަމެއްގައި އަވަސްވެފައިހަރަކާތްތެރިވުން)
- ވިސްނުމެއް ނެތި އަމަލު ކުރުން
- ވާހަކަތައް މެދުކަނޑާލުން
- ފަރުވާކުޑަވުމާއި ތަފުސީލަށް ސަމާލުކަން ނުދިނުން
- ފަށާފައި ހުންނަ މަސައްކަތްތައް ނިންމުމުގެ ކުރިން މެދުނުކެނޑި އެހެންކޮންމެވެސް މަސައްކަތްތަކެއް ފެށުން.
- އޯގަނައިޒޭޝަނަލް ސްކިލްސް ދަށްވުން / ފޯކަސް ނުވަތަ އިސްކަންދޭން ނޭނގުން
- މެދުނުކެނޑި ތަކެތި ގެއްލިގެން ނުވަތަ ހުންނަން ޖެހޭ ތަން ނޫން ތަންތާ ބެހެއްޓުންވަރަށް ފަސޭހައިން، ފަސޭހަ ކަންތައް ހަނދާންނެތުން. (ކުދިކުދި ވަރަށްވެސް އާދައިގެ ތަފުސީލުތައް ވަރަށް ރަނގަޅަށް ހަނދާން ހުންނާނެ، އެކަމަކު ކަންފަތުގައި ހުންނަ ހެޑްސެޓް ނުފެނިގެން ހާސްވެ ކަންބޮޑުވެ ތެޅި ފޮޅޭނެ، ޖީބުގައި ތަޅުދަނޑި އޮވެމެ ނުފެނިގެން އެނބުރި، ހާސްވެ ހޯދަމުން ތެޅިފޮޅޭނެ)
- ހަމަޖެހުމެއް ނެތުމާއި ފަލަވުން
މިކަމަށް ސީދާ ފަރުވާއެއް ނުހުރެއެވެ. ކުޑަކުދީންނަށް އޭޑީއެޗްޑީއަށް ދޭ ފަރުވާތަކުގެ ތެރޭގައި ބޭހާއި ބިހޭވިއަރ ތެރަޕީއާއި ކައުންސެލިން އަދި ތައުލީމީ ހިދުމަތްތައް ހިމެނެއެވެ. މި ފަރުވާތަކުގެ ސަބަބުން އޭޑީއެޗްޑީގެ ގިނަ އަލާމާތްތަކަށް ލުއި ލިބިދާނެއެވެ. ނަމަވެސް، އެ ފަރުވާތަކުން އެކަމަށް ދާއިމީ ހައްލެއް ނުލިބެއެވެ.
ކުޑަކުދީންނަށް އޭޑީއެޗްޑީ ގެ މައްސަލަ ޖެހިފައިވާކަން އެނގުމުން ދެވޭނެ ތެރަޕީތައް:
އޭޑީއެޗްޑީ ބިހޭވިއަރ ތެރަޕީބިހޭވިއަރ ތެރަޕީއިޖުތިމާއީ ހުނަރުތައް ތަމްރީނު ކުރުމަކީ ކުރެވިދާނެކަމެކެވެ. އަދި އެފަދަ ކުދިންގެ ބެލެނިވެރިކަމުގެ ހުނަރުތައް ތަމްރީނު ކުރުމަކީވެސް ކޮންމެހެންވެސް ކުރުން މުހިންމު ކަމެކެވެ، ސަބަބަކީ ކުއްޖާއާ ކޮންމެ ދުވަހަކު ޑީލްކުރަނީ މި ބެލެނިވެރިންކަމުގައި ވާތީ އެކުދިންނާ ބެހޭ ގޮތުން އެނގިފައި އޮތުނުން މުހިންމު ވާތީއެވެ،
މީގެ އިތުރުން މިފަދަ މައްސަލަތަކަށް ދެން ދެވެން އޮންނާނީ ތެރަޕީއެވެ. އެގޮތުން ސައިކޮތެރަޕީ އާއި ފެމިލީ ތެރަޕީ ދެވިދާނެއެެވެ.
ގިނަފަހަރު އެއްވެސް ކަމެއް ހުރިކަން ގަބޫލެއް ނުކުރެވެއެވެ. މިއީ ދެނެގަންނަން ދަތިކަމެކެވެ. އެހެންނަމަވެސް ނުވިޔަސް އެހެންއާންމު ފަރާތްތަކާ ތަފާތު ކަމެއް ފެނުމުން އެނގޭނެއެވެ. އަދި އެނގޭ ހިސާބުން ފަރުވާ ވަގުތުން ދެވިއްޖެނަމަ ވަކި ގޮތަކަށް ހަމަތަކެއްގެ މަތިން ހިފަހައްޓާލެވޭނެއެ

