މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ވިޝަންރީ ފޯރަމް ކަމަށްވާ "ޓޭކްއޮފް 2024" މިއަދު އިފްތިތާހުކޮށްފި އެވެ.

އެމްއޭސީއެލް އިން ބުނީ ޓޭކްއޮފް 2024 ގެ މައިގަނޑު މަގްސަދަކީ 2024 ވަނަ އަހަރަށް ކުންފުނީގެ އުންމީދީ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޓަކައި ޑިޕާޓްމަންޓަލް ފޯކަސް ހިއްސާކުރުމާއި ކޮލެކްޓިވް ސްޓްރެޓެޖީތައް އެލައިންކޮށްގެން ސާފުކަން ފޯރުކޮށްދިނުން ކަމަށެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ހަރަކާތް ފައްޓަވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ. އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނާއި ޑިވިޝަން ހެޑްންނާއި ޑިޕާޓްމަންޓް ހެޑްސް އަދި ސެކްޝަން ހެޑްސް ވަނީ އެ ޖަމިއްޔާގެ ތެރޭގައި ގުޅުން ބަދަހިކޮށް ސްޓްރެޓެޖިކް އެލައިންމަންޓް އިތުރުކުރުމަށް ހާއްސަކޮށްފައިވާ ފޯރަމްގައި ބައިވެރިވެފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޝަރީފް ދެއްކެވި ވާހަކަފުޅުގައި ވައިގެ ދަތުރުފަތުރުގެ ސިނާޢަތުގެ ކުރިއަރަމުން އަންނަ މަންޒަރަށް އަވަސް ވިސްނުމަކާއި ދުރުވިސްނުމެއް ފާހަގަކުރެއްވިއެވެ.

ކޮންމެ ދުވަހެއްގެ އޮޕަރޭޝަނަލް އެފިޝިއެންސީއަށްވުރެ އިތުރަށް ވިސްނައި، ކުންފުނީގެ މުސްތަގުބަލާމެދު ވިސްނަންޖެހެއެވެ. ކުންފުނިތައް ފެއިލްވަނީ ދުރުވިސްނުމެއް ނެތުމުން،" އަލްފާޟިލް އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވި އެވެ.
މި ފޯރަމްއަކީ އެމްއޭސީއެލްގެ ފުރަތަމަ ވިޝަންރީ ފޯރަމް ކަމަށާއި، މި ފޯރަމަކީ ހަރުދަނާ އަދި ކާމިޔާބު މުސްތަގުބަލަކަށް މަގު ފަހިކޮށްދޭ ސްޓްރެޓެޖިކް ޑިސްކަޝަންތަކަށް އެ ކުންފުނިން ކުރާ އަހައްމިއްޔަތުކަން ދައްކުވައިދޭ ފޯރަމެކެވެ.

