ފިޔާ އަކީ ގިނަ ނިއުޓްރިރެންޓް ހިމެނޭ ކެލޮރީ މަދު ވިޓަމިން، ފައިބަރ، އަދި މިނަރަލްސް ހިމެނޭ ސިއްޙީ އެތައް ފައިދާ ތަކެއް ލިއްބައިދޭ އެއްޗެކެވެ.
ފިޔާކެއުމުން ހަށިގަނޑުގެ އެކި ގުނަވަންތަކަށް ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭ ކަމަށްވެއެވެ.
ފިޔާގައި ހިމެނޭ އެންޓިއޮކްސިޑެންޓް ފްލެވަނޮއިޑްސްގެ ސަބަބުން ލޭގެޕްރެޝަރާއި،ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދީ ހިތުގެ ބަލިތަކުން ސަލާމަތް ކޮށްދެއެވެ.
ފިޔާކެއުމުން ގޮހޮރުގައި އުފެދޭ ޖަރާސީމްތައް ނައްތާލަދިނުމަށް އެހީވެދޭ އެއްޗެއްކަމަށްވެއެވެ.
އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް ފިޔާ:
ފިޔާއިން ލިއްބައިދޭ ސަލްފަރ ގެ ސަބަބުން ހަމުގެ ސެލްތައް އުފެއްދުމާއި އިސްތަށިގަނޑު ދިގުވުމަށް އެހީތެރިވެދޭ މާއްދާއެއް ކަމަށްވާ ކޮލާޖަން އުފައްދާދެއެވެ.
ބޮލުން އިސްތަށި ފޭބުމާއި ހަންފޮޅުން ފަދަ ބޮލުގެ އިސްތަށިގަނޑަށް ދިމާވާ އެކި މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް ފިޔާ ވަރަށް މުހިއްމު ރޯލެއް އަދާކުރައެވެ.
ހަށިގަނޑުގެ ޒީނަތްތެރި ކަމަށް ފިޔާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އުފެއްދުންތައް ވަރަށް ގިނައެވެ.
ކާށިތެލާއި ފިޔާ ބޭނުންކޮށްގެން ބޮލުގެ އިސްތަށިގަނޑަށް ދެވިދާނެ ފަރުވާއެއް ބުނެދޭނަމެވެ.

ފިޔާތެޔޮ ތައްޔާރުކުރާނެ ގޮތް:
2 ފިޔާ މިކްސަރުން ރަގަނޅަށް ގިރާލުމަށް ފަހު ތަވަޔަކަށް އަޅާ މަޑުގިނީގައި ކުޑަކޮށް ހޫނުކޮށްލާށެވެ. އެއަށްފަހު 3 ސަމްސާ ކާށިތެޔޮ އަޅާލާފައި މުށިކުލަ އަރަންދެން ކައްކާލާށެވެ. ފޮތިގަނޑެއްގެ އެހީގައި ތެޔޮވަކިކޮއްލާށެވެ.
ސޭމްޕޫ ބޭނުންކޮށްގެން ބޯދޮވެލުމަށްފަހު ހަފްތާއަކު 3 ފަހަރު މި ތެޔޮބޭނުން ކޮށްލާށެވެ ތަފާތު ފެންނާނެއެވެ.

