އިންޑީއާއިން ރާއްޖެއަށް ރާއްޖެއަށް ބޭނުންވާ ވަރަށް ފިޔާ ލިބުމުގައި ދައްޗެއް ނެތް ކަމުގެ ޔަގީންކަން އެސްޓީއޯއިން މިއަދު ދީފިއެވެ.
އެސްޓީއޯ އިން އެ ޔަގީންކަން ދީފައިމިވަނީ އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރަން އެންމެ ފަހުން ނިންމި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނެތް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީއެވެ.
އިންޑިއާއިން ވަނީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ފިޔާ އެކްސްޕޯޓް ކުރުންވަގުތީ ގޮތުން މަނާކޮށްފައެވެ. ނަމަވެސް ވަކި ކޯޓާއެއްގެ ދަށުން އަވަށްޓެރި ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓުރެއެވެ.
"ކުރިއެކޭވެސް އެއްފަދައިން އެސްޓީއޯއިން ސްޓޭބަލް ސަޕްލައިއެއްގައި ފިޔާ ފޯރުކޮށްދެމުންދާނެ. ފާއިތުވި ދެމަހުގެ މާކެޓް ޓްރެންޑަށް ބަލާކަމުގައިވާނަމަ ރާއްޖޭގެ މާކެޓްގައި ފިޔާގެ އަގު އަންނަނީ ތިރިވަމުން"
މީގެ ކުރިން އާއްމުކޮށްފައިވާ ކޯޓާ ލިސްޓުގައި ހިމެނުނަސް މި ފަހަރުގެ ލިސްުގައި ރާއްޖެ ހިމަނާފައެއް ނުވެއެވެ.
އެސްޓީއޯ އިން ބުނީ، ރާއްޖެއިން، އިންޑިއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެއްވެސް ދަތިކަމެއް ނެތި ފިޔާ ލިބޭނެ ކަމަށެވެ. ކުރިއަށް އޮތް ރޯދަމަހަށް ބޭނުންވާ ވަރަށްވެސް ފިޔަވާ ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

