ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހު ރައީސުލް ޖުމްހުރިއްޔާ ތަސްދީގު ނުކުރާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.
މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)އެވެ.
އެ މައްސަލާގައި ބުނެފައިވަނީ އިންތިހާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާހުގެނެސް ފާސްކޮށްފައިވާ ބިލު ތަސްދީގުކުރުމަށް ފޮނުވާފައިވާތާ ހަފްތާއަކަށްވުރެއް ގިނަ ދުވަސް ވެފައިވާ ކަމަށާއި ނަމަވެސް މި ބިލު ތަސްދީގުކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައިނުވާ ކަމަށެވެ.
އަދި އިންތިހާބު ފަސްކުރުމަށް ޤާނޫނު އިސްލާހުކުރީ ރޯދަ މަހު އިންތިހާބު ބޭއްވުމުން ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަކަށް ހަލެއް ހޯދުމަށް ކަމަށާއި އެހެންނަމަވެސް ބިލު ތަސްދީގު ނުކޮށް ހުރުމުން މަޖިލީހުގެ އިންތިހާބު އޮންނާނެ ތާރީހަކާމެދު އޮޅުންބޮޅުން އަރާފަދަ ހާލަތެއްގައި ރައްޔިތުން ތިބޭންޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

