އޮސްޓްރޭލިއާ އިން ދޭ ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
އަންނަ އަހަރު ކިޔެވުމުގެ ފުރުސަތު އޮތް މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އެޕްރީލް މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.
މި ސްކޮލަޝިޕަށް ހޮވޭ ފަރާތްތަކަށް ދެކޮޅު ޓިކެޓާއި އެސްޓެބްލިޝްމަންޓް އެލަވަންސާއި ސްޓައިޕެންޑާއި ޓިއުޝަން ފީ އާއި ލިވިން އެލަވަންސާއި ހެލްތު އިންޝުއަރެންސް ހިމެނެއެވެ.
މި ސްކޮލަޝިޕްތަކުގައި އިފެކްޓިވް އެންޑް އެކައުންޓަބަލް ސްޓޭޓާއި ރެސީލިއަންޓް ކޮމިއުނިޓީ ސްޓޭޓް ދާއިރާ އިން މާސްޓާސް ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ލިބެއެވެ.

