ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުގެ ކޯޗަކަށް ހުރި ތޯމަސް ޓުޗެލް މި ސީޒަން ނިމުމުން ކްލަބާ ވަކިވާނެކަން ބަޔާނުން ބުނެފިއެވެ.
ބަޔާނުގެ ސީއީއޯ ޔަން ކްރިސްޓިއަން ޑްރީސެން ނެރުނު ބަޔާނެއްގައި ބުނީ މި ސީޒަން ނިމުމުން ބަޔާނުގެ ކޯޗު ކަމުން ޓުޗެލް ދުރުވާން ދެ ފަރާތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. މި އަންނަ ސީޒަނުގައި ކްލަބަށް އިރުޝާދު ދޭނީ އާ ކޯޗެއް ކަމަށާއި އެހާ ހިސާބަށް ކްލަބަށް އިރުޝާދު ދޭން ކްލަބުގައި ޓުޗެލް މަޑުކުރާނެ ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން ކުރިއަށް އޮތް ސީޒަނުގައި ބަޔާނާ ހަވާލުވާނެ ކަމަށް ބެލެވެނީ ބަޔާ ލެވަކޫސަންގެ ކޯޗަކަށް ހުރި ޒަބީ އަލޮންސޯއެވެ.
ޓުޗެލް ބަޔާނާ ގުޅުނީ ހޫލިއަން ނާގަލްސްމަންގެ ރިޕްލޭސްމަންޓުގެ ގޮތުގައެވެ. ޓުޗެލްގެ އިރުޝާދުގެ ދަށުން ބަޔާން މިސީޒަނުގެ ޖަރުމަނުގެ ކަޕްގެ ދެވަނަ ބުރުން މުބާރާތުން އަލްވަދާއު ކިޔާފައިވާއިރު ލީގުގައި ވެސް ނަތީޖާ ދަށެވެ. ޖަރުމަން ލީގުގެ ދެވަނައިގައި ބަޔާން އޮތްއިރު އެއްވަނައިގައި ބަޔާ ލެވަކޫސަން އޮތީ 8 ޕޮއިންޓް ކުރީގައެވެ. އަނެއްކޮޅުން ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި ބަޔާން ވަނީ އިޓަލީގެ ލާޒިއޯ އަތުން 1-0 އިން ބަލިވެފައެވެ.
މިދިޔަ ދެ އަަހަރު ތެރޭ، ޓުޗެލް އަށް ވަނީ ބޮޑު ދެ ކްލަބެއްގެ ވަޒީފާ ގެއްލިފަ އެވެ. ޗެލްސީ އާއި ޕީއެސްޖީގެ ވަޒީފާ އޭނާ އަށް ގެއްލުނީ އެ ދެ ކްލަބްގެ މެނޭޖުމެންޓުން އުންމީދު ކުރިވަރާ ގަތަށް ކާމިޔާބު ހޯދައި ނުދެވުމުންނެވެ.

