ކަނީރ،ު އިނގިރޭސިން ކިޔާގޮތުންނަމަ "އޮލިއެންޑަރ" ނުވަތަ ސައިންޓިފިކް ނަމުންނަމަ "ނީރިއަމް އޮލިއެންޑަރ"
ގަހަކ،ީ އޮމާން ފިޔަތަކެއް ލާފައި ހުންނަ ރީތި މަލެއް އަޅާ ގަހެކެވެ.
ފިޔާތޮށ،ި ރީނދ،ޫ ހުދު އަދި މިނޫން ވެސް އެކި ކުލަކުލައިގެ މައު އަޅާ މިގަހަކީ ހަތަރު އިންޗިއާއި ދިހަ އިންޗިއާ ދެމެދުގެ ހިމަ ފަތްތަކެއް ލާފައި ހުންނަ ގަހެކެވެ. ބާރަ ފޫޓަށް ދިގުކޮށް ހެދޭ މި ގަހުގެ މޫތައް ވަރަށް ވަރުގަދަ ވެފައި، ބަލައިލާން ކިތަންމެ ރީތި ކަމުގައި ވިޔަސް މިއީ އެންމެ ވިހަގަދަ ގަސްތަކުގެ ތެރޭގައި ހިމެނޭ ގަހެކެވެ.
މިއީ ވިހަގަދަ ގަސްތަކުގެ ތެރެއިން ގަހަކަށް ވާ ސަބަބަކީ ގަހުގެ މަލާއ،ި ފަތާއި ލަކުނޑީގައި ވިހަ މާއްދާ ތަކެއް ކަމުގައިވާ ޑިޖިޓޮކްސިޖެނިނ،ް ނެރީނ،ް އޮލިއޮންޑްރޮސައިޑް އަދި އޮލިއެންޑްރިން ހިމެނޭތީއެވެ.
މި ގަހަކީ ހުޅަނގު ދެކުނު ޔޫރަޕުން ފެށިގެން އިރުމަތީ އޭޝިއާއާ ދެމެދުގެ ސަރަޙައްދުގައި ހެދޭ ގަހެކެވެ. އަދި
ޕޯޗުގަލ،ް މޮރޮކޯ، މޮރިޓޭނިއާގައި ވެސް ވަރަށް ގިނައިން ހެދޭ ގަހެކެވެ. ހަރުފަސް ހުންނަ ތަންތާގައި ފަސޭހައިން ހެދޭ މިގަސް ގަދަ ފިނީގައި އަދި ގަދަ ހޫނުގައި ވެސް ފަސޭހަކަމާއެކު ހެދެއެވެ.
ރާއްޖޭގައިވެސް ކަނީރު ގަހަކީ އާންމުކޮށް ފެންނަ ފަސޭހައިން ހެދޭ އަދި ރީތި ބަގީޗާ ގަހެއްވެސް މެއެވެ. އެހެން ކަމަށްވުމާއެކު މިފަދަ މައުލޫމާތު ތަކަކީ އެނގުން މުހިންމު މައުލޫމާތު ތަކެކެވެ. ނޭނގިހުރެ ވެވޭ ހަމަ ކުޑަކުޑަ އިހުމާލަކުން މުޅި އުމުރަށް ހިތާމަކުރަން ޖެހިދާނެފަދަ ކަމަކާ ކުރިމަތިވެދާނެއެވެ.

ފޮޓޯ: ފްލިކަރ
ވުމާއެކު، މިފަދަ ކަންތައްތަކަށް ސަމާލުވެ ހޭލުންތެރިވުން ކޮންމެހެންވެސް މުހިންމެވެ.
ފުރާނައަށް ނުރައްކާވާފަދަ ވިހަތަކެއް އެކުލެވޭ މިގަހުގައި ފޮޅޭ މަލާއި އެމަލުގެ ހިތްްގަައިމުކަން ކިތަންމެ ބޮޑަސް މިއީ ނުރައްކާތެރި މަލެކެވެ. އަދި މިވިހައިގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކުޑަކުދިންނަށެވެ. ޑޮކްޓަރުން މައުލޫމާތުދޭ ގޮތުގައި މިގަހުގެ އެންމެ ފަތެއް ކެއުމުގެ ސަބަބުން ވެސް ތުއްތު ކުއްޖަކު މަރުވެދާނެއެވެ. މި ގަސް ނުވަތަ މި ގަހުގެ ބައެއް އެންދުމުގެ ސަބަބުން އަަރައިގެންދާ ދުމުގެ އަސަރު ނޭވާލާ ނިޒާމުންވެސް ވިހައިގެ އަސަރު ހަށިގަނޑަށް ކޮށްފާނެއެވެ.
މިގަހުގައި އަޅާ ކަނީރުމާ އަޅާފައި ހުންނަ ތަށްޓެއް ރަނގަޅަށް ނުދޮވެ އޭގެއިން ފެން ބުއިމުންވެސް ފުރާނައަށް ގެއްލުންވެދާނެކަމަށް ސަމާލުވާން ޖެހެއެވެ. ސަބަބކީ އާންމުކޮށް މާ މޯޅި ނުވާނެހެން ފެންތަށްޓެއްގައި ބެހެއްޓުމަކީ އަޅުގަނޑުމެން ދިވެހިންގެވެސް ވަރަށް ބޮޑު އާދައަކަށް ވާތީއެވެ.އަދި ހަމައެހެންމެ ކަނީރުމަލުން ފޮނި ބޮއިފައިވާ މާމުއި ކުޅަނދުރު އުފައްދައިފައިވާ މާމުއި ބުއިމުން ވެސް ވިހަވެދާނެ އެވެ. ގައިގެ ހަމުގައި ގަހުގެ ކިރު ޖެހުމުން ގައި ހިރުވުމާއި ފިތް ނެގުން ފަދަ ކަންތައް ދިމާވެއެވެ.
ކަނީރުމަލަށް ނުވަތަ ކަނީރަށް ވިހަވުމުގެ ސަބަބުން ހިތުގެ ވިންދު ލަސްވުން ނުވަތަ އަވަސްވުން އަދި ހަށިގަނޑުގައި ޕޮޓޭސިއަމް ހުންނަ މިންވަރު އިތުރުވުން ހިމެނެއެވެ. އަދިވެސް އިތުރު ވަރަށްގިނަ ކަންތަކެއް ދިމާވެދާނެއެވެ. އޭގެތެރޭގައި ބޮލުގައި ރިއްސުމާއި ބޯ އެނބުރުމާއި ބަނޑުގައި ރިއްސުމާއި ހޮޑުލުމާއި ލޯ ފުސްވުމާއި ނޭވާ ހިއްލުމާއި ބޮޑުކަމުދާއިރު ލޭ ފޭބުން ފަދަ ކިތަންމެ ވޭންދެނިވި ކަމެއް ހިމެނެއެވެ.
ނީރިއަމް އޮލިއަންޑަރ ނުވަތަ ކަނީރުމާގަހުގެ ހުރިހާ ބައިތަކަކީ ވިހަ ކަމަށްވާއިރު ކާޑިއޯޓޮކްސިކް ގްލައިކޯސައިޑްސްގެ ގެއްލުން ރަނގަޅަށް އެނގިފައެއް ނުވެއެވެ. އޮލިއަންޑަރ މެދުވެރިކޮށް އަމިއްލައަށް މަރުވުމުގެ ފުރުސަތު އޮތްކަން ބޭރުގައުމުތަކުގައި ހުށަހެޅޭ ސުއިސައިޑް ކޭސްތަކުގެ ތަހުގީގުރިޕޯޓުތަކުން ހާމަވެފައިވެއެވެ.
ކަނީރު ފަތް ކެއުމުން ވިހަވުމުގެ އާދަޔާ ހިލާފު މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. އުމުރުން 71 އަހަރުގެ ފިރިހެން ލެބޯޓްރީ ޓެކްނީޝަނަކު އަމިއްލައަށް މަރުވެފައިވާއިރު 2000 ވަނަ އަހަރު އުމުރުން 2 އަހަރާއި 3 އަހަރުގެ އެލެކްސީ އާއި ޕީޓާ ވިލްޓްސީގެ މައްސަލައަކީ ކައުންޓީގެ ތާރީހުގައި ކަނީރުގެ ސަބަބުން ހިނގާފައިވާ އެންމެ ހިތާމަވެރި އެއް ހާދިސާއެވެ.
އަދިވެސް ފަރަންސޭސިވިލާތުގެ މަޝްހޫރު އެމްޕަރަރ ނަޕޯލިއަން ބޮނަޕާޓްގެ ސިފައިންތަކެއް މި ގަހުގެ ގޮފިތަކެއް ބޭނުންކޮށްގެން މަސް ފިހެ ކެއުމުގެ ސަބަބުން މަރުވެފައިވާކަމަށް ހަބަރު ފެތުރިފައިވެއެވެ. 2002ވަނަ އަހަރު، ޓޮކްސިކް އެކްސްޕޯޝަރ ސަރވައިލެންސް ސިސްޓަމް އިން ހާމަކުރި ގޮތުގައި އެމެރިކާގައި 847 މީހުން މިގަހުގެ ސަބަބުން ވިހަ ވެފައިވެއެވެ.

