ޝިއާ ނުވަތަ ޝެއާ/ޝޭ ބަޓަރ ކްރީމް، މިއީ ހޯދުންތަކުން ދައްކާ ގޮތުގައި މިހާތަނަށް ފެނިފައިވާ ގައިގެ ހަމާ އެންމެ ގުޅޭ، އަދި ހަމުގެ ސިއްހަތަށް އެންމެ ފައިދާ ކުރުވަނިވި އުފެއްދުމެވެ. ގުދުރަތީ ވަސީލަތަކުން، ހަމައެކަނި ހޫނު ކޮށްގެން އޭގެއިން ނެރެވޭ ކްރީމަކަށްވުމާއެކު، ޝިއާ ގަހުގެ މި ބަދަނަކީ ގަދީމީ އެވޭލާ ޒަމާނުއްސުރެވެސް ބިމުން އުފެދޭ ނިއުޓްރިޝަން ގިނަ، އިންސާނުންގެ ހަމަށް އިންތިހާއަށް ފައިދާ ކުރުވަނިވި މާއްދާތައް ހިމެނޭ ބަދަނެއްކަމަށް ރިޕޯޓްތަކުންނާއި ދިރާސާތަކުން ފެންނަން އޮތުމަކީވެސް މި ކްރީމްގެ ހާއްސަކަމެއްކަން ޔަގީނެވެ.
ޝިއާ ގަހުގެ ބަދަނުން ތައްޔާރު ކުރެވޭ މި ކްރީމުގެ ކުލައިންވެސް މިކަން ދޭހަވާނެއެވެ. މިއަށް ބަޓަރކްރީމް މިކިޔަނީ ވެސް ވަކި ސަބަބެއް އޮތީމައެވެ. ސަބަބަކީ މިއީ ޝިއާ ގަހުގެ ވަކި ކަމަށްވާ ޝިއާމޭވާ، ނުވަތަ ޝިއާ ގަހުގެ މިބަދަނަށް އިތުރު އެއްވެސް އެއްޗެއް އެއްކުރުމަކާ ނުލައި ޝިއާ ބަދަނުން އެ ނެގޭ ތެލާއި އޭގެ ބައިތަކުން އުފައްދާ އެއްޗަކަށް ވީމައެވެ.
ޝިއާސީޑް ފެނުއެޅުމަށްފަހު އެ ހިއްކަނީއެވެ. އަދި ދެން އެ ތަޅައިގެން އޭގެ ތެރޭގައިވާ ކުޑަކުޑައޮށެއް ނަގައިގެން އެ އޮށް ޗިސްކޮށްގެން އޭގެއިން ތެޔޮހާނައި އެތެލުން އުފައްދާ މިޝިއާ ބަޓަރަކީ ގުދުރަތީ އެތަކެއް ފައިދާ ގިނަ ވިޓަމިންސްއާއި ގައިގެ ހަންގަނޑަށް ބޭނުންވާ އެހެނިހެން އެތައް މާއްދާތަކެއް އޭގައި ހިމެނޭ ކްރީމެކެވެ.

ޝިއާ ބަޓަރ ކްރީމް: އުމުރަށްވުރެ ޅަކޮށް ތާޒާކޮށްލަދޭ ބާވަތްތައް ހުރޭ
ގުދުރަތީ ގޮތުން ވެސް މިއީ "އޮފް ވައިޓް ނުވަތަ އައިވަރީ ކުލައިގައިި ހުންނަ ކްރީމެކެވެ. ހަމައެހެެންމެ ގައިގެ ހަންގަނޑުގައި ފަސޭހައިން ފެތުރޭ ކްރީމީ އެކުލެވުމެއް މީގައި ވެއެވެ.
އެންމެ ގިނައިން ޝިއާ ބަޓަރު ލިބެނީ ހުޅަނގު އެފްރިކާގެ ޝީއާ ގަސްތަކުންނެވެ.
ފެޓީ އެސިޑާއި ވިޓަމިން ގިނަވުމުން ޝިއާ ބަޓަރަކީ ހަންގަނޑު އޮމާންކޮށް ތާޒާކޮށްލުމަށް އެންމެ ރަނގަޅު ކޮސްމެޓިކް މާއްދާއެކެވެ. ޝިއާ ބަޓަރުގައި އެންޓި-އިންފްލެމޭޓަރީ އަދި ފަސޭހަކުރުވަނިވި ބާވަތެއް ވެސް ހުރެ އެވެ.
ހެނދުނު ނުވަތަ ރޭގަނޑު މޫނުގައި ޝިއާ ބަޓަރ ހޭކުމުގެ ނަތީޖާ ވަރަށް އަވަހަށް ފެނިދެއެވެ. ގައިގެ ހަންގަނޑު އާދަޔާ ހިލާފަށް އަވަހަށް އޮމާންވެ ޗާލުވެދެއެވެ.

ގައިގެ ހަންގަނޑު އާދަޔާ ހިލާފަށް އަވަހަށް އޮމާންވެ ޗާލުވެދެ
ގައިގެ ހަމަށް ހާއްސަކޮށް މޫނުގައި ޝީއާ ބަޓަރު ބޭނުން ކުރުމަކީ މޫނުގެ ތުނި ހަންގަނޑަށް ފިނިކަންދޭ، ތާޒާ ކަމެއް މޫނަށް ގެނެސްދޭ ކަމެއްމެއެވެ.
މޫނުގެ ހަންގަނޑަކީ ތުނި ގައިގެ ހަންގަނޑާ ތަފާތު ވެފައި ނުފެންނަ ކުދި ކޫރުންތަކާއި ކުދިކުދި ފާރުކޮޅުތައް ހުރެއެވެ. މިފަދަ ކަންކަން އިސާހިތު ފަސޭހަކޮށްލަދޭ މާއްދާތައް ޝިއާ ބަޓަރުގައި ވަރަށް ފުޅާ ދާއިރާއެއްގައި ހިމެނެއެވެ.
އެންޓި-އިންފްލެމޭޓަރީ މާއްދާތައް މި ބަޓަރުގައި ވަރަށް މަތީދަރަޖައަކަށް ހުރިކަން ވަނީ ސާބިތުވެފަ އެވެ. ޝިއާ ބަޓަރުގެ އުފެއްދުންތަކުން މޫނު ރަތްވުމާއި އެނދުމާއި މޫނުގައި ރިއްސުން ދުރުކޮށް އިންތިހާއަށް ޗާލުކޮށްލަދެއެވެ.
ޝީ ބަޓަރުގައި ހިމެނޭ މުއްސަނދި ޓްރީ-ނަޓް ތެޔޮ ހަންގަނޑުގެ ތެރެއަށް ވަދެ، އޮމާންކަން ހިފަހައްޓާކަމަށް ދިރާސާތަކުން ވަނީ ސާބިތުކޮށްދީފައވެ. މި މޮއިސްޗަރައިޒިން އަސަރު އެތައް ގަޑިއިރަކަށް ދެމިގެން ދެއެވެ.
އެންޓި އޭޖިން ޕްރޮޕަޓީސް: މިއީ އެންމެ ހާއްސަ އެއް މާއްދާއެވެ.
ޝިއާ ބަޓަރުގައި އެންޓި އޭޖިން މާއްދާތައް ހުންނަ ކަމަށް ދިރާސާ ރިޕޯޓުތައް ބުނެ އެވެ. ކޮލެޖަން އުފެއްދުންތަކުގެ އެއްވެސް ބޭނުމެއް ނުޖެހޭނޭ މިންވަރަށް މީގައި މޫނު ނަލަކޮށްލަދޭ، އުމުރަށްވުރެ ޅަކޮށް ތާޒާކޮށްލަދޭ ބާވަތްތައް ހުރެއެވެ.
މީގެ މަޝްހޫރު އެންމެ އިތުބާރު ހިފޭ ބްރޭންޑްތަކުގެ ތެރޭގައި ކަންޓު އަދި ހާއްސަކޮށް އޯގަނިކް ބްރޭންޑްގެ ޝޭ ބަޓަރ ކްރީމް ހިމެނެއެވެ.

