ކެބިންކްރޫއިންނަށް ވުމަށް ހުވަފެން ދެކެމުން އަންނަ ކުދިންނަށް، ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ރަނުގެ ފުރުސަތެއް ހުޅުވާލައިފިއެވެ.
މޯލްޑިވިއަނުން ހުވަދޫއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ އެކުންފުޏަށް ލިބޭ ބޮޑު ފަޚުރެއް ކަމަށާއި، މިއީ އަދި ކެބިންކްރޫއިންގެ ހުވަފެން ދެކެމުން އަންނަ ކުދިންނަށް ހުޅުވާލެވޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.
"ގައުމީ އެއާލައިންގެ ކެބިން ކްރޫއަކަށް ވެގެން، މޯލްޑިވިއަންގެ ޓީމާ ގުޅި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާ މަންޒިލްތައް ހޯދުމުގެ ފުރުޞަތު މިއޮތީ ހުޅުވާލެވިފައި"
މޯލްޑިވިއަނުން އެދެނީ ޝައުގުވެރިވާ ފަރާތްތަކުން careers@iasl.aero ސީވީ ފޮނުއްވާށެވެ.

މޯލްޑިވިއަންއިން އަބަދުވެސް ބަލަނީ އުޖާލާ އަދި ހަރުދަނާ ފަރާތްތައް ރެކްރޫޓްކޮށް، ޕްރޮފެޝަނަލް އަދި ޕާސަނަލް ކެޕޭސިޓީގެ އެންމެ މަތީ މިންގަނޑަށް ވާސިލުވުމަށް ތަމްރީނު ދިނުމެވެ. ޒުވާޏުންގެ ކެރިއަރު ބިލްޑް ކުރުމަށް ޕްރޮފެޝަންތަކުގައި ކުރިއަށް ގެންދެވިދާނެކަމަށް މޯލްޑިވިއަނުން ދެކެއެވެ.
ދިވެހި ގައުމީ އެއާލައިންނަށް ކެބިންކުރޫއިން ހޯދުމަށް ބާއްވާ ވޯކް އިންޓަވިއު 03 މާރޗް 2024 ގައި ޝީ ބިލްޑިންގައި އޮންނާނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ. އަދި މި އިންޓަވިއުރަތައް ރާއްޖޭގެ ހުރިހާ ސިޓީ ތަކުގައި ވެސް ބޭއްވުމަށް މޯލްޑިވިއަނުން ދަނީ ތައްޔާރު ވަމުންނެވެ.

