ކ. މާފުށީގައި ގެނބިގެން ފަރުވާދެމުންދިޔަ މީހަކު މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ، މާފުށީ އެކްޓިވް ވޯޓާ ސްޕޯޓްސް އޭރިއާއާ ދިމާ ނެރުމަތީގައި މީހަކު ގެނބިފައި އޮތް ކަމުގެ މައުލޫމާތު މިއަދު 10:25 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މީހާ އަށް ފަރުވާ ދިނުމަށް މާފުށީ ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނައިރު، މަރުވެފައިވާ މީހާގެ ވަނަވަރު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މަރުވީ، ބިދޭސީ އަންހެނެކެވެ.
މާފުއްޓަކީ ޗުއްޓީ ހޭދަ ކޮށްލުމަށް ގިނަ ދިވެހިން އަދި ފަތުރުވެރިން ޒިޔާރަތް ކުރާ ރަށެކެވެ.

