މާލޭ މަގުމަތީގައި ޕިކަޕެއް ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފުވި މީހާ ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ހެނދުނު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޕިކަޕެއްގެ ތެރޭގައި ހުރެ، އާއްމުންނަށް ފެންނާނެ ގޮތަށް އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރު ޖެއްސި މީހާ ދަނެގަތުމުގެ މަސައްކަތް ފަށައި، އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އޭގެ ފަހުން ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތަހުގީގުގެ ތެރެއިން މިހާރު އޭނާ ދެނެގަނެވިފައިވާ ކަމަށާއި ހައްޔަރު ކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މާލޭގެ މަގުމަތީ ޕިކަޕެއް ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފަށް ފިރިހެނަކު އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯ އިން ފެންނަނީ ދުވާލުގެ ވަގުތެއްގައި ފިރިހެނަކު، ހަޑިހުތުރު ވައްތަރުތަކެއް ޖައްސާ ތަނެވެ.
އެ ވީޑިއޯއާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވީޑިއޯއިން ފެންނަ މީހާއަށް އަމާޒުވެފައިވާއިރު، ބައެއް ފަރާތްތަކުން ވަނީ އެއީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށް ވެސް ބުނެފައެވެ.

