ކޮލެސްޓްރޯލް މަތިވުމޭ މި ބުނަކީ ލޭގައި ކޮލެސްޓްރޯލް ނަމަކަށް ކިޔާ ފަލަވުމުގެ މާއްދާއެއް މާ ގިނައިން ހުރުމުންނެވެ. މައިގަނޑު ގޮތެއްގައި ކޮލެސްޓްރޯލް މަތިވާން ދިމާވަނީ ފެޓްސް ގިނަ ސިއްހަތަށް ފައިދާ ކުޑަ ކެއުމާއި ބުއިންތަކުގެ އިތުރުން އެކަށީގެންވާ ވަރަށް ކަސްރަތު ނުކުރުމާއި ބަރުދަން އިތުރުވުމާއި ވިޔާނުދާ އާދަތައް، (ދުންފަތުގެ އިސްތިއުމާލު ކުރުމާއި ރާ ބުއިމާއި ޝީޝާ/ވޭޕްފަދަ ތަކެތި ބޭނުން ކުރުމުގެ) ސަބަބުންނެވެ. ބައެއް ފަހަރު ކޮލެސްޓްރޯލް މަތިވުމުގެ މައްސަލަ އާއިލީ ވާރުތައިންވެސް ދިމާވެއެވެ.
މިއީ ސިއްހީ ފަރުވާ ނުހަނު މުހިންމުވާ ބައްޔެކެވެ. ހަމައެހެންމެ އަމިއްލަ ސިއްހަތަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭފަދަ ބައްޔެއްވެސްމެއެވެ. އެހެނީ މިބަލީގެ ފަހަތުން ދެން ޖެހޭ ހިތުގެ މައްސަލަތަކާއި ސްޓްރޯކްފަދަ ނުރައްކާތަކުން ސަލާމަތްވެ ހުރުމަށްޓަކައެވެ. އަދި މިއީ އެހާ އުނދަގޫކަމެއް ނޫނެވެ.
އެހެނީ ދުޅަހެޔޮ ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި ގިނައިން ކަސްރަތު ކޮށްގެން ކޮލެސްޓްރޯލް ދަށްކުރުން ފަސޭހަ ވާތީއެވެ.
ހަމައެހެންމެ ބައެއްކަހަލަ ބުއިންތަކަކީވެސް މިފަދަ ލޭގެ ޕްރެޝަރާ ގުޅުން ހުރި މައްސަލަތަކަށް ލިބޭ ވަރަށް ބޮޑު ލުޔެއްމެއެވެ. މި ހިމަނާލަނީ ކޮލެސްޓްރޯލް ދަށްކޮށް މިންގަނޑެއްގައި ހިފެހެއްޓުމަށް އެހީވެދޭ ބުއިމެކެވެ.

އާފަލުގައި ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭ ޕޮލިފެނޯލްސް ހިމެނޭ
މި ބުއިން ތައްޔާރުކުރުމަށް ބޭނުންވާ އާފަލާއި ކަރަންފުލަކީ ހާއްސަކޮށް ކޮލެސްޓްރޯލް ދަށްކޮށްލަދޭ "ޕޮލިފެނޯލްސް" ހިމެނޭ ދެ ބާވަތެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި:
- ދުވާލަކަށް ދޭއް ނުވަތަ ތިން އާފަލު ބޭނުންކުރުމުން ޖުމްލަ ކޮލެސްޓްރޯލްގެ މިންވަރު %5 އާއި %13 އާއި ދެމެދުގެ މިންވަރަކަށް ދަށް ކޮށްލައެވެ. ބައެއް ދިރާސާތަކުގައި އެލްޑީއެލް، (ލޯވ ޑެންސިޓީ ލިޕޯޕްރޮޓީޏް) ކޮލެސްޓްރޯލްގެ މިންވަރު މަދުވެގެން %7 ދަށްކޮށްލާއރު އެޗްޑީއެލްގެ (ހައި ޑެންސިޓީ ލިޕޯޕްރޮޓީން) މިންވަރު %12 އާއި ހަމައަށް އިތުރުވެފައިވެއެވެ.
- މީގެ އިތުރުން އާފަލުގައި ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭ ޕޮލިފެނޯލްސް ހިމެނޭއިރު ކަރަންފުލުގައި ވެސް މި ޕޮލިފެނޯލްސް ހިމެނެއެވެ.
- ދުވާލަކު ކަރަންފުލެއް ކެއުމަކީ ލޭގައި ހުންނަ ގްލޫކޯޒް، ޓްރައިގްލިސެރައިޑްސް އަދި އެލްޑީއެލް ކޮލެސްޓްރޯލްގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ބައެއް ރިޕޯޓްތަކުން ފާހަގަކޮށްފައިވާއިރު ކުރިންވެސް ފާހަގަ ކޮށްފައިވާ ގޮތަށް ޕޮލިފެނޯލް ހުންނަ ރަހަތަކުގެ ތެރޭގައި ކަރަންފޫމާ ހިމެނޭކަމަށް ވެއެވެ. ޕޮލި ފެނޯލް މިކިޔަނީ އެކިކަހަލަ ގިނަގުނަ ފައިދާ ހިމެނޭތީއެވެ.
- މި ޕޮލި ފެނޯލް ގައި އެންޓިއޮކްސިޑެންޓް ނުހަނު ގިނައެވެ. ހާއްސަކޮށް ކޮލެސްޓްރޯލް ދަށްކޮށް ދޭ މާއްދާ ކަރަންފުލުގައި ގިނައަދަދަކަށް ހުރެއެވެ.
- 100 ގްރާމް ކަރަންފުލުގައި އެތައްސަތޭކަ މިލިގްރާމްގެ ޕޮލިފެނޯލް ހިމެނޭ ކަމަށް ދިރާސާތަކުން ހޯދިފައިވެއެވެ.
- ހަމައެހެންމެ ފޮނިތޮށިން ކޮލެސްޓްރޯލް ދަށްކޮށްދެއެވެ.. ދިރާސާތަކުން ކޮލެސްޓްރޯލް ދަށްކުރުމުގެ މާއްދާތައް ފޮނިތޮށީގައި ހިމެނޭކަމަށް ވަނީ ދެނެގަނެވިފައެވެ. ސިއްހަތަށް ފައިދާ ހުރި އެތައް ގިނަ ބައިތަކެއް ފޮނިތޮށީގައިވެސް ހިމެނޭކަމަށްވެއެވެ.

ކަރަންފުލެއް ކެއުމަކީ ލޭގައި ހުންނަ ގްލޫކޯޒް، ޓްރައިގްލިސެރައިޑްސް އަދި އެލްޑީއެލް ކޮލެސްޓްރޯލްގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ކަމެއް
ބޭނުންވާ ތަކެއްޗާއި ތައްޔާރު ކުރާނެ ގޮތް:
- ދެ އާފަލު (ކޮންމެ ކަހަލަ ވިޔަސް ރަނގަޅެވެ. އެކަމަކު ފެހި އާފަލަށްވުރެ މި ބުއިން ތައްޔާރުކޮށްލުމަށް ރަނގަޅީ އެހެން ކުލައެއްގެ އާފަލެވެ.) އާފަލު މެދުން ފަޅާލައި އޮށްތައް ނެގުމަށްފަހު ބޮޑެތިކޮށް ކޮށާލާށެވެ.
- 5 ކަރަންފޫ
- 2 ފޮނިިތޮށި
- 1/2 ލީޓަރ ފެން
ތެއްޔަކަށް މިހުރިހާ ތަކެތި އެޅުމަށްފަހު ރަނގަޅު ގިނީގައި 15 ނުވަތަ ވިއްސަކަށް މިނެޓް ކައްކާލާށެވެ. އަދި ދެން ފުރޭންޏަކުން ފުރާނައި ތަށްޓަކަށް ފެން އަޅާށެވެ.
ތައްޔާރުކުރެވިފައި ތިހިރީ "އެޕަލް ވިތު ކްލޯވްއެންޑް ސިނަމަން" ކޮލެސްޓްރޯލް ދަށް ކޮށްލުމަށް ހަފުތާއަކު 3 ދުވަހު ބޭނުން ކުރުން ރަނގަޅެވެ.
ކޮލެސްޓްރޯލް ދަށްކުރުމަށް ބަލާއިރު އާފަލަކީ އެންމެ ރަނގަޅު އެއް މޭވާގެ ގޮތުގައި ބެލެވެ އެވެ. އާފަލުގައި ގިނައިން ހުންނަ "ސޮލިއުބަލް ފައިބަ"ގެ ސަބަބުން ހިތުގެ ދުޅަހެޔޮކަމާއެކު ލޭގެ ޕްރެޝަރު ހަމަދަރަޖައެއްގައި ހިފަހައްޓާލަދެއެވެ.
(ސިއްހަތަށް ފައިދާ ހުރި މިފަދަ ބުއިންތައް ބޭނުން ކުރި ކަމުގައި ވިޔަސް ޑޮކްޓަރީ ލަފައާއި އިރުޝާދަށް އިސްކަން ދިނުން މުހިންމެވެ. އަދި ސިއްހީ މާހިރުންގެ ލަފާ މިފަދަ ކަންކަމުގައި ހޯދުންވެސް މުހިންމެވެ.)

