ބޭނުންވާ ތަކެތި
- 1 ކިލޯ ކުކުޅު
- 1 މޭޒުމަތީ ސަމުސާ ޗިލީ ޕެޕާ
- 4 މޭޒުމަތީ ސަމުސާ މުގުރި މިރުސް
- 2 މޭޒުމަތީ ސަމުސާ ކޮނތަނބިރި (މުގުރި)
- 1 މޭޒުމަތީ ސަމުސާ ދިރި (މުގުރި)
- ½ މޭޒުމަތީ ސަމުސާ އަސޭމިރުސް (މުގިރި)
- 1 ސައި ސަމުސާގަރަމް މަސާލާ
- 1 މޭޒުމަތީ ސަމިސާ ރީނދޫ
- 2 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު (ހިމުންކޮށްފަ)
- ½ ޖޯޑު ޕްލޭން ޔޯގަޓް
- 1 ބިސް
- 3 މޭޒުމަތީ ސަމުސާ މުގުރި ހަނޑޫ
- 2 މޭޒުމަތީ ސަމުސާ ކޯން ފުލާ
- 2 ހިކަނދިފަތް
- 1 ލުނބޯ
- ރަހަލާވަރަށް ލޮނު
ތައްޔާރުކުރާނެ ގޮތް
ކުކުޅު ކުދިކޮށް ކުށުމަށްފަހު ތައްޓަކަށް އަޅާ ށެވެ. އެއަށް ރީންދޫ، ދިރި، ކޮތަނބިރި، ޗިލީ ޕެޕާ، މުގުރި މިރުސް، ގަރަމް މަސާލާ، ޔޯގަޓް، ލޮނު، އިނގުރު ލޮނުމެދު އަދި ލުނބޯ ހުތް ފިތުމަށްފަހު ކުކުޅު ތަކާއެކު މޮޑެލާށެވެ. ދެން ކުކުޅުބިސް އެއްކޮށްލާށެވެ.
ތަށީގައި މަތި ޖަހާ 3 ގަޑި އެއްހާއިރު މެރިނޭޓް ކުރަން ބަހައްޓާށެވެ.
ކޯން ފުލާ އާއި ހަނޑޫފުށް އަޅާ އެއްކޮށް މޮޑެލާށެވެ.
ތަވަޔަކަށް ތެޔޮ އެޅުމަށްފަހު ކުކުޅުތައް ތެއްލާށެވެ.
އުނދުން މެދުމިނުގައި ބަހައްޓައިގެން ކުކުޅުތައް ރަނގަޅަށް ރޯފިލުވަންވާނެއެވެ. ކުކުޅުތައް ރޯފިލުމުން ހިކަނދިފަތްވެސް ތެޔޮގަނޑަށް އަޅާ ތެއްލާލާށެވެ.

