ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރުމަކީ ހަނގުރާމެއް ކުރުން ފަދަ ކަމެއް ކަމުން މިކަން ކުރެވެން އޮތީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްގެންނެވެ.
ވިސްނާލަންވީ ބައެއް ކަންތައްތައް:
އެންމެ ފުރަތަމަ ކަމަކަށް ކާން ތިޔަ ގެންގުޅޭ ތަށީގެ ސައިޒް ކުޑަކޮށްލުމަށްފަހު ކުރިން ކަމުން އައި މިންވަރު މަދުކޮށްލާށެވެ.
ފެންބުއިމުގައި ތިޔަގެންގުޅޭ އާދަ ދޫކޮށް، ދުވާލެއްގެ މައްޗަށް މަދުވެގެން 3 ލީޓަރުގެ ފެން ބޯން އާދަކޮށްލާށެވެ.
ކާގަޑީގައި ޓީވީބެލުމާއި ، ފޮތްކިޔުން ފަދަ ކަންތައްތަކާއި ދުރުވެލާށެވެ.
ކަންބޮޑުވެ ވިސްނަންޖެހޭ ކަންތައްތަކާއި ދުރުވެ ކަންތައްތަކާއި ދޭތެރޭ ޕޮޒިޓިވްކޮށް ވިސްނުމަށް އާދަކުރާށެވެ.
ދުވާލެއްގެ މައްޗަށް 1 ގަޑި އިރު ހެލިފެލިވެ ކަސްރަތުކުރުމުގައި ހޭދަކޮށްލާށެވެ.
ރޭގަނޑު 8 ގަޑި އިރުގެ ނިދި ހަމަކޮށް ، ރޭގަނޑުގެ ކެއުން 7 ގެ ކުރިން ނިންމާލުމަށް ސަމާލުކަން ދޭށެވެ.
ކެއުން ބަހައްޓަން ޖެހޭ ގޮތުގެ ތާވަލެއް ހެދުމަށް ފަހު އެއަށް އަމަލުކުރަން ފަށާށެވެ.
ކެއުމުގައި ދޫކޮށްލަން ޖެހޭ ބައެއް ކާތަކެތި:
- އާދައިގެ ހަނޑުލުގެ ބާވަތްތައް، ބަތާއި، ބިރިޔާނީ، ނޫޑްލިސް ފަދަ ކާތަކެތި،
- ހޮޓާ ރެސްޓޯރެންޓުން ތައްޔާރުކުރާ ތެޔޮ ހިމެނޭ ކާތަކެތި
- ސިއްޚަތަށް ގެއްލުން ހުރި ޗިޕްސް، ކުކީސް، ޕިއްޒާ، ޑޯނަޓް ފަދަކާތަކެތި
- ދޮންކޭލާއި ދޮންއަނބު ފަދަ ކެލޮރީ މަތި މޭވާ
- ތެލުގެ ބާވަތް ގިނަ، ގިނައިން ކާށިކިރު އަޅާފައި ހުންނަ ރިހަ، ކިރުގަރުދިޔަ ފަދަ ކާތަކެތި
- ދަޅުގައި ބަންދުކޮށްފައި ހުންނަ ޖޫހާއި ފިޒީ ޑްރިންކް
ކެއުމުގައި ހިމެނުން މުހިއްމު ބައެއް ކާތަކެތި:
- ހުރިހާ ވައްތަރެއްގެ ތަރުކާރީ ބުރޮކަލީ،ކޯލީފްލާވާރ، ފެހިކަން ގަދަ ފަތް
- ކެލަރީ ދަށް މޭވާގެ ބާވަތްތައް ، އާފަލް،އޮރެންޖް. ބެރީސް، ( އިރުއޮއްސީ 6 ގެ ފަހުން މޭވާ ބޭނުން ކުރުން ރަގަނޅު ނޫން ކަމަށް ވެއެވެ.)
- ބީޓްރޫޓް ، ކެރޮޓް ޖޫސް ފަދަ ސިއްޚަތަށް ފައިދާ ހުރި ތަކެތި ހިމަނައިގެން ހަދާފައި ހުންނަ ޖޫސް
- ކިއުކަމްބަރ، ލެޓިއުސް،ޓޮމާޓޯ،ކެޕްސިކަމް ފަދަ ތަރުކާރީ ބޭނުންކޮށްގެން ހަދާފައި ހުންނަ ސެލަޑް
- ހުރިހާ ވައްތަރެއްގެ ބީންސް، ޗިކްޕީސް
- އަލްމަންޑް، ކެށޫނަޓް ފަދަ ނަޓްސް
- އޮލިވް އޮއިލް ބޭނުންކޮށްގެން ކުކުޅު، މަސް ކުޑަކޮށް ފިލެލާފައި
- ކުކުޅުބިސް
- ގުރީކް ޔޯގަޓް
ދުޅަހެޔޮ ސިއްޚަތެއްގައި ހުރުމަށް އެދޭ މީހަކު ކާނާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބައެއް ބާވަތް ތައް އަގަޔަށް މީރު ނަމަވެސް ދޫކޮށްލުން މުހިއްމެވެ.
މިއީވެސް ސިއްޚީ މާހިރުން ގެ ދިރާސާކުރުމަށް ފަހު ހަދާފައިވާ ޑައިޓް ޕްލޭނެއް ކަމުން ތިޔަ އެހީތެރި ވުމުގެ ގޮތުން ތިޔަ ފަރާތްތަކާއި ހިއްސާކޮށްލީމެވެ.

