އެނީމިއާ އަކީ ހަށިގަނޑުގައި އެކަށީގެންވާ މިންވަރަށް ސިއްހަތަށް ފައިދާހުރި ރަތް ލޭގެ ސެލްތައް ނުހުންނަ ބައްޔެކެވެ. ލޭގެ ރަތް ސެލްތަކުން ހަށިގަނޑުގެ ޓިޝޫތަކަށް އޮކްސިޖަން ފޯރުކޮށްދެއެވެ. ފުރަމޭ އަކީ ބަނޑުގެ މަތީ ކަނާތް ފަރާތުގައި ހުންނަ، ހަށިގަނޑުގެ އެންމެ ބޮޑު "ގްލޭންޑެވެ،" މިއީ ހަށިގަނޑަށް އެތެރެ ކުރާ ބޭސްތަކާއި ބޭރުން އެތެރެކުރާ އެހެނިހެން ތަކެތި ބަލައި ޗެކްކޮށް އޭގެއިން މުހިންމު ބައިތައް ވަކިކޮށް ހަދާ "ހަށިގަނޑުގެ މާސްޓާ ޑިޓޮކްސަރެވެ. މިއީ ހަކަތައަށް ހަށިގަނޑު ބޭނުންކުރާ ގްލައިކޯޖަން ރައްކާކޮށްދޭ ތަނެވެ.
ފުރަމޭގެ އެންމެ މުހިންމު މަސައްކަތަކީ ހަށިގަނޑަށް އެތެރެވާ ކާނާއިން ސަރުބީ އުފެއްދުމާއި ނައްތާލުމެވެ. ފުރަމޭގައި ސަރުބީ ހިފުމަށް ދިމާވާ މައިގަނޑު ސަބަބަކީ ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިފައިވާ ނޭދެވޭ ބަދަލުތަކެވެ. މި ސަރުބީ އިން ދުރުވެ ރައްކާތެރިވުމަށް ބީޓްރޫޓާއި ފެހި އާފަލު އަދި ކެރެޓްގެ ޖޫހަކީ އެއްވަނައިގެ ފަރުވާއެކެވެ.

މިކޯހުގައި ވިޓަމިން އޭ އާއި ދަގަނޑު ގިނަ އަދަދަކަށް އެކުލެވޭ
ޞިއްޙީ ޚިދުމަތްތެރިން ލަފާދޭ ފަދައިން، އެނީމިއާ ހުންނަ މީހުން ކޮންމެ ދުވަހެއްގެ ކެއުމުގައި ބީޓްރޫޓޤ ބޭނުންކުރާ މިންވަރު އިތުރުކޮށް، ހަށިގަނޑަށް އިތުރު ދަގަނޑު އެތެރެ ކުރެވޭނެ ގޮތް ހަދަންޖެހެއެވެ. މީގެ ސަބަބުން ލޭގެ ސެލްތައް އަލުން އުފައްދައި މުޅި ހަށިގަނޑަށް އެކަށީގެންވާ މިންވަރަކަށް އޮކްސިޖަން ފޯރުކޮށްދޭނެ އެވެ.
ވިޓަމިން އޭ އާއި ދަގަނޑު ގިނަ އަދަދަކަށް އެކުލެވޭ ކެރެޓް ޖޫހަކީ ހިމޮގްލޮބިން ސިންތެސިސް އަށް އެހީތެރިވެދޭ އަދި އެނީމިއާ އާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ފެހިއާފަލަކީ އަކީ ވިޓަމިން އޭ، ވިޓަމިން ބީ، ވިޓަމިން ސީ، ވިޓަމިން އީ އަދި ވިޓަމިން ކޭ ގެ ބާވަތްތަކަށް ވުރެ ރަނގަޅު ވަސީލަތެކެވެ. މީގެ އިތުރުން ރަތް އާފަލަށް ވުރެ ދަގަނޑު، ޕޮޓޭސިއަމް އަދި ޕްރޮޓީން، ފެހި އާފަލުފައި ގިނައެވެ.
ދުވާލެއްގެ މައްޗަށް ބީޓްރޫޓް ޖޫސް ބުއިމަކީ ލޭގެ ރެޑްބްލަޑްސެލްތަކުގައި ދަގަނޑުގެ މިންވަރު އިތުރުކޮށްދޭ ކަމެކެވެ. ފެހިއާފަލެއް ކައިފިނަމަ ވިޓަމިން އޭ އާއި ދަގަނޑު ގިނަ އަދަދަކަށް އެކުލެވޭކަމަށް ދިރާސާތަކުން ދައްކަައެވެ

ފެހިއާފަުވައ ވިޓަމިން އޭ އާއި ދަގަނޑު ގިނަ އަދަދަކަށް އެކުލެވޭ
އެނީމިއާ އަށް ބީޓްރޫޓް ޖޫސް: ހިމޮގްލޮބިން ލެވެލް ރަނގަޅު ކުރުމަށް މި ސިއްހަތަށް ފައިދާހުރި ޖޫސް ބޭނުން ކުރާށެވެ.
ބީޓްރޫޓް ޖޫހަކީ ދަގަނޑު، މިނަރަލްސް އަދި ވިޓަމިންސްގެ ހެޔޮކަމުން ފުރިގެންވާ އެއްޗެކެވެ. މި މޭވާއަކީ އެނީމިއާ ހުންނަ މީހުންނަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. އާޔުރްވެދިކް އެކްސްޕާޓް ޑރ އަޝުތޯޝް ގޯތަމް ވިދާޅުވި ގޮތުގައި ބީޓްރޫޓްގެ ޖޫހަކީ ދަގަނޑު އަދި ވިޓަމިން ސީ އެކުލެވިގެންވެއެވެ.. އަދި ބީޓްރޫޓް ފަތަކީ ސްޕްލީން އާއި ފުރަމޭގެ ބަލިތަކަށް ބޭނުންތެރި އެއްޗެކެވެ.
ބީޓްރޫޓަކީ ހަށިގަނޑުގައި ހުންނަ ލޭގެ ރަތް ސެލްތައް މަރާމާތުކޮށް އަލުން އެކްޓިވޭޓް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެނީމިއާއަށް ބީޓްރޫޓް ބޭނުން ކުރުން އެންމެ ފައިދާ ބޮޑުގޮތަކީ ކެރެޓާއި އާފަލު އަދި އޮރެންޖް ޖޫސް އެއްކޮށްގެން ބުއިމެއް ތައްޔާރުކޮށް ޖޫސް ބޭނުން ކުރުމެވެ.
ޖޫސް ތައްޔާރުކޮށްލުމަށް ބޭނުންވާތަކެތި:
- 1/2 ބީޓްރޫޓް
- 1 ފެހި އާފަލު
- 1 ކެރެޓް
- 3 އޮރެންޖްގެ ޖޫސް
- 2 ޖޯޑު ފެން
ހުރިހާ އެއްޗެއް މިކްސްޗަރަށް އަޅައި ރަނގަޅަށް ގިރާލުމަށްފަހު ތަށްޓަކަށް އަޅާށެވެ. ބޭނުމިއްޔާ މާމުއި ސަމުސަލެއް އަޅާށެވެ.
ދުވާލަކު 1 ތަށި ބޭނުންކުރާށެވެ.

