ހުޅުމާލޭގައި ކާރަކާއި ވޭނެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލެ ފޭސް 1ގެ ނިރޮޅު މަގު ދެވަނަ ރުއްގަޑާ ހިސާބުން ދުއްވާފައި ދިޔަ ކާރެއްގައި ފަހަތުން އައި ވޭނެއް ޖެހި، ކާރު ގޮސް ޕާކު ކޮށްފައި އޮތް އެހެން ކާރެއްގައި ޖެހި އެކްސިޑެންޓު ވެފައިވާ ކަމަށް މިއަދު ހެނދުނު 6:20 އެހާކަށްހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މިއެކްސިޑެންޓުގައި ކާރާއި ވޭން ދުއްވި މީހާ އަށް ވަނީ އެކި ވަރުގެ އަނިޔާ ވެފައެވެ. ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. އެއީ 46 އަހަރުގެ މީހަކާއި 52 އަހަރުގެ މީހެއްކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ ދެ މީހުންނަކީވެސް ލައިސަންސް އޮންނަ ދެ މީހުން ކަމަށެވެ.
މިއެކްސިޑެންޓުގައި ހިމެނޭ 3 އުޅަނދަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން މައުލޫމާތުދެއެވެ.

