މިސްކިތްތަކުގައި ބޭނުން ކުރާ ކަރަންޓަށް ބިލް ކުރުން ޑޮމެސްޓިކް ރޭޓަށް ބަދަލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް މަރުޙަބާ ކިޔައި އަންނަ މަހުން ފެށިގެން ސްޓެލްކޯ އިން ބިލް ކުރާނީ ކުޑަކުރި ރޭޓުން ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ޙުސައިން ފަހުމީ ކުރެއްވި އެކެސް ޕޯސްޓެއްގައެވެ.
“އެމަނިކުފާނު ރޭ ކުޅުދުއްފުށި ސިޓީގައި އިޢުލާނުކުރެއްވި ފަދައިން ގްރޭޓާ މާލެ ސަރަޙައްދާއި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ އެހެން ރަށްރަށުގައިވެސް ކުރިއަށް އޮތް މަހުން ފެށިގެން މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރަމުންދާނީ ޑޮމެސްޓިކް ރޭޓުން.” ހުސެއިން ފަހުމީ ވިދާޅުވިއެވެ.
މިއީ ލާމަރުކަޒީ ނިޒާމުގެ މުގޫ ކަމުގައިވާ ކައުންސިލްތައް ބާރުވެރި ކުރުމާއި، ކައުންސިލްތަކުން ކުރާ ޚަރަދު އިޤުތިޞާދުކޮށް ސިންދަފާތު ކުރެވޭނެ މަގުފަހިކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ތެރެއިން ނިންމުނު ފުރިހަމަ އަދި މުހިއްމު ނިންމުމެއް.” ހުސެއިން ފަހުމީ ވިދާޅުވިއެވެ.

