ހިތްތަކުގެ ރާނީ، ރީތީގެވެސް ރާނީ އެކަމަކު ރަންވީރްގެ އަސްލު ރާނީ ދިޕިކާ އޭނާއާއި ރަންވީރުގެ އަލަތު ދަރިފުޅު ސެޕްޓެމްބަރު މަހު އަންނާނެކަން އިއުލާން ކުރުމާއެކު އޭނާ ބަލިވެއިންކަން ހާމަކޮށްފިއެވެ.
ބޮލީވުޑްގެ އެންމެ އަގުބޮޑު އަންހެން ބަތަލާ އޭނާގެ މިއުފާވެރި ހަބަރު އޭނާަގެ ފޭނުންނާ ހިއްސާކުރިއިރު ހަމައެހިނދުގައި ރަންބީރުވެދސް ވަނީ މިވާހަކައާންމުކޮށްފައެވެ. މިދެތަރިންގެ ޖޯޑަކީ ބޮލީވުޑްގައި މަގުބޫލު އެއް ޖޯޑެވެ،
ދިޕިކާ އަދި ރަންވީރުގެ އަލަތު ކައިވެންޏަށް ދަރިއަކު ލިބެން އުޅޭ ކަމުގެ އުފާވެރި ހަބަރު ސަޕޯޓަރުންނާއި ހިއްސާކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައެވެ. ދެމަފިރިން ހިއްސާކޮށްފައިވާ ޚަބަރުގައިވާ ގޮތުން އަލަތު ކައިވެއްޏަށް ފުރަތަމަ ދަރިފުޅު އުފަންވާނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.
ރަންވީރު އެންމެ ފަހުން ފެނިގެން ދިޔައީ ހުސްވި އަހަރު ރިލީޒް ކުރި ހިންދީ ފިލްމު ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ އިންނެވެ. އޭނާ މިހާރު ދަނީ ހިންދީ ފިލްމު ސިންގަމް އަގެއިންގެ ޝޫޓިންގެ މަސައްކަތުގައި ބައިވެރިވަމުންނެވެ.

