ރާއްޖޭގައި އަލަށް ފެށި އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު، ރޭ މެންދަމު، ކުޅުދުއްފުށީ ސިޓީއަށް ކޮށްފިއެވެ.
ބޯޓުގެ ފުރަތަމަ ދަތުރަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޮތް ބަލިމީހަކު، އިތުރު ފަރުވާއަށް މާލެ ގެނައުމަށް ކުރި ދަތުރެކެވެ.
އެއާ އެމްބިއުލާންސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ކުޅުދުއްފުއްޓަށް ޖައްސާފައިވަނީ ރޭ މެންދަމު 2:00 ޖަހާއެހާކަށް އިރުއެވެ. އަދި ބަލި މީހާ ގޮވައިގެން ކުޅުދުއްފުށިން ފުރީ މެންދަމު 3:20 އެހާކަށްހާ އިރުއެވެ.
ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ބޯޓުގައި ސިއްހީ ހިދުމަތް ދިނުމަށް ތަމްރީނުކޮށްފައިވާ 15 މީހަކު ހަރަކާތްތެރިވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ދެނީ ގައުމީ އެއާލައިން މޯލްޑިވިއަންއާ ގުޅިގެންނެވެ. މި ހިދުމަތް ދެނީ މޯލްޑިވިއަންސް ޑޭޝް-8 ގެ ބޯޓެއްގައެވެ.

