އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ބިލިނގިލި ފުލުހުންގެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ދަޅު ނައްތާލައިފިއެވެ.
ފުލުހުން ވިދާޅުވީ، އެތަކެތި ނައްތާލާފައިވަނީ އިއްޔެ ކަމަށެވެ. ނައްތާލާފައިވާ ތަކެތީގެ ތެރޭގައި 190 ބަނގުރާ ފުޅިއާއި 67 ބިޔަރު ދަޅު ހިމެނެއެވެ.
ފުލުހުން ވިދާޅުވީ، އެތަކެއްޗަކީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ކޫއްޑޫ އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފްއިން ހިފަހައްޓައި ފުލުހުންނާއި ހަވާލު ކޮށްފައިވާ ތަކެތި ކަމަށެވެ.
ބަނގުރާ ނައްތާލުން ވިލިނގިލި ޕޮލިސް ސްޓެޝަނުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

