އަހަރެންގެ ހިޔާލު! އެއާ އެމްބިއުލާންސްއޭ އަހަރުމެންނަށް ކިޔަން އެނގުނީ ދާދި މިދާތަކަށް ދުވަހުއެވެ. ނިމިގެން ދިޔަ ވެރިކަމުގައި އަޅުގަނޑުމެން އެންމެނަށް އިވިގެން ދަނީ ހެލިކަޕްޓަރާއި ޑޯނިއާ މަތިންތާ ބޯޓެވެ. އެއީވެސް އިންޑިއާގެ އެހީއާއި އެކު މިވެނި ތަނަކަށް ބަލި މީހަކުި ރެފާ ކޮށްލި ވާހަކައެވެ.
އެވެރިކަން ނިމި އާވެރިކަމުގެ ފުރަތަމަކޮޅު ވެގެން މިދަނީ ބަޔަކަށް ހިތަށްދަތިވާ ނުހަނު ގިނަކަންތައްތަކެއް ލައިގަންނަ ދުވަސްވަރަކަށެވެ. އެއާ އެމްބިއުލާންސް ކިޔަން ރާއްޖޭގެ ގިނަބަޔަކަށް އެނގިއްޖެއެވެ. އެތެރެ ހުންނަންވާގޮތް ވެސް އެނގިއްޖެއެވެ.
ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުން މާޗް މަހު އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ފާސްކުރިއެވެ. ފާސްކުރުމުންވެސް ޖެހީޖޯކެވެ. ބައެއްމީހުންނަށް މިމަންޒަރު ސިފަވެސް ނުކުރެވުނެވެ. އެކަން ކުރާނެ ގޮތެއް ސިކުނޑިއަށްވެސް ނަގައި ނުގެނެވިގެން އުޅުނު ކަހަލަައެވެ. ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތެވެ.

އެ ހިދުމަތަށް މޯލްޑިވިއަން ޑޭޝް8ގެ އިތުރުން ވެސް އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭނެއް ވެސް ބޭނުން ކުރާނެެވެ.
ރާއްޖޭގައި މި ހިދުމަތް ފެށީ 24 ގަޑިިއިރު ހިދުމަތް ލިބޭނެ ގޮތަށެވެ. އަދި މި ހިދުމަތަށް 15 މުވައްޒަފުން ވަނީ ތަމްރީނުކޮށްފައެވެ. އެއީ ނަރުހުންނާއި ޑޮކްޓަރުންވެސް ހިމެނޭ ގޮތަށެވެ. މި ހިދުމަތަށް ހާއްސަކޮށް އައިލެންޑް އޭވިއޭޝަންގެ އެކަމަށް ހާއްސަ މުވައްޒަފުން 24 ގަޑިިއިރު ތައްޔާރަށް ތިބޭނެއެވެ.
އެއަރ އެންބިއުލާންސްގެ ހިދުމަތް ތައާރަފްކުރެއްވުމާއި އެ ޚިދުމަތް ފުޅާކުރެއްވުމަކީ ވެސް ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. މި ހިދުމަތަށް ބޭނުން ކުރަނީ މޯލްޑިިވިއަންގެ ޑޭޝް8-200ގެ ބޯޓަކާއި، ސީޕްލޭނެކެވެ.
ރައީސް ޑރ. މުއިއްޒުގެ ތަސައްވުރަފުޅަކީ ރާއްޖެއާއި ރާއްޖެއިން ބޭރަށް އެއަރ އެންބިއުލާންސްގައި ބަލިމީހުން ފަސޭހައިން އުފުލޭނެ އިންތިޒާމް ހަމަޖެއްސެވުމެވެ. އަދި ރާއްޖޭގެ އަވައްޓެރި ގައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ޤައުމުތަކުން ދިވެހީންނަށް ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމާއި، އެ ގައުމުތަކަށް ވެސް ރާއްޖެއިން އެއަރ އެންބިއުލާންސުގައި ބަލިމީހުން އުފުލުމުގެ އަވަސް އިންތިޒާމް ހަމަޖެއްސެވުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.

މި ހުރިހާކަމެއް ހަމަޖެހިގެން ދިއުމުން، ހިތަށްދަތިވާ މީހުން ފާދުކިޔަނީއެވެ. އަމިއްލަ އާއިލާއަށް ކަމެއް ދިމާވިޔަސް ބަލިމީހާއަށް އެހީތެރިވެދޭނީ ހަމަ މި އެއާ އެމްބިއުލާންސްއެވެ. އެއަރ އެމްބިއުލާންސް ހިދުމަތަށް ބޭނުން ކުރަނީ ދުވަސްވީ ބޯޓެއް ކަމަށް ބުނެ ސިޔާސީ ގޮތުން ވާހަކަދައްކާ މީހުން މަދެއް ނޫނެވެ. އެ ބޯޓާއި ގުޅޭގޮތުން އެތައް ވާހަކައެއް ދައްކާއިރު، ތަފާތު ވީޑިއޯތަކާއި ފޮޓޯތައްވެސް ދަނީ އާއްމު ކުރަމުންނެވެ.
މީގެ ކުރިން ރާއްޖޭގައި ބޭނުން ކުރި އެއަރލައިނެއް ކަަމަށްވާ އެއަރ މޯލްޑިވްސްގެ ބާާ ބޯޓެއްގެ ވީޑިއޯއެއްވެސް އާއްމުކޮށްގެން ތަފާތު ވާހަަކަ ދެއްކިއެވެ.ހަމައެކަނި ބޯޓުގެ ކުލަ ބަދަލު ކުރީކަަމަށް ބުނެ ވާހަކަދެއްކި ބަޔަކުވެސް ތިއްބެެވެ. އެހެންނަމަވެސް މިއީ ބަލިމީހުން އުފުލުމަށް ތައްޔާރުކޮށް އަދި ސިއްހީ އަވަސް ފަރުވާގެ ހިދުމަތް ލިބޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ ބޯޓެކެވެ.
ފާޑު ކިޔާ މީހުން ފާޑުކިޔަންވީއެވެ. ތިހާ ނުރުހެންޏާ މިމަންޒަރާއި، މިވާހަކަތައް ނުދައްކާށެވެ.

