ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ކަރަންޓު ބިލާއި ފެން ބިލް ބޮޑު ނުވާނެ ގޮތަށް އާންމު މަސްތަކުގައި ހުންނަ ރޭޓްތަކަށް ހަދަން އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ރަމަޟާން މަހު އާންމުކޮށް ކަރަންޓު ބިލާއި ފެން ބިލް ބޮޑުވާ ކަމަށެވެ.
އެކަމަކު، ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލް ބޮޑު ނުވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.
"އާންމު މަހެއްގައި ހުންނަ ރޭޓްގައި ކެޕްކޮށްފައި. މާނައަކީ އެއަށް ވުރެ މައްޗަށް ނުދާނެއޭ ކިތަންމެ ލޯޑު ބޮޑުވިޔަސް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ. އަދި އެކަން ކުރާނެ ކަމުގެ ޔަގީންކަން އެ ބޭފުޅުން ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

