ނިމިދިޔަ ރިޔާސީ އިންތިހާބުގައި ގދ ވާދޫގައި ބެހެއްޓުނު ވޯޓުފޮއްޓަށް ގެއްލުން ދިން މީހަކު 4 މަހަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ 2023 ސެޕްޓެމްބަރ 30 ވަނަދުވަހުގައި ބޭއްވި ރިޔާސީ އިންތިޙާބު ގެ ދެވަނަބުރުގެ ވޯޓުލުން ކުރިއަށް ދަނިކޮށް ގދ.ވާދޫ ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި Q05.07.1 ނަމްބަރ ވޯޓް ފޮއްޓަށް ގދ.ވާދޫ އަށް ނިސްބަތްވާ 35 އަހަރުގެ ދިވެހި ފިރިހެނެއް ، ގެއްލުންދިން މައްސަލައިގެ ދަޢުވާ ގދ.ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ޤާނޫނޫ ހިންގުމަށް ހުރަސްއެޅުމުގެ ދައުވާ އަކާއި މުދަލައްގެއްލުން ދިނުމުގެ ދައުވާ އެއް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.
އަދި މިފަރާތުގެ މައްޗަށް 2024 މާރިޗް 4 ވަނަދުވަހު ޤާނޫނު ހިންގުމަށް ހުރަސްއެޅި ކަމުގެ ދައުވާ ސާބިތުވެ 3 މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް އަދި މުދަލައް ގެއްލުން ދިނުމުގެ ދައުވާގައި 17 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް 692ރ އިން ޖޫރިމަނާ ކޮށް އެފައިސާ 1 މަސްދުވަސްތެރޭ އިލެކްޝަން ކޮމިޝަން އަށް ދެއްކުމަށް ޙުކުމް ކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ވޯޓުފޮއްޓަށް ގެއްލުން ދިނުމުގައި މީގެކުރިން ވެސް ވަނީ އެކިފަރާތްތަކަށް އަދަބު ދީފައެވެ. ވޯޓުލުމަށް ބޭނުންކުރާ ކަރުދާސް ނުވަތަ ވޯޓު ފޮއްޓަށް ގެއްލުން ދިނުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.

