މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގެ ފަރާތުން ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން މި އަހަރު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް ޢުމްރާ ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

އުމްރާ ދަތުރުގެ ފުރުސަތު ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: އެމްޕީއެލް
އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އަހަރު އެ ކުންފުނީގެ ހަރަދުގައި ޢުމްރާ އަށް ދިއުމުގެ ފުރުސަތު ލިބުނު ތިން މުވައްޒަފުންނާ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވަނީ ބައްދަލުކުރައްވައި، އެ މުވައްޒަފުންނަށް ޢުމްރާ ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވައިފައެވެ.

އުމްރާ ދަތުރުގެ ފުރުސަތު ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: އެމްޕީއެލް
މި އަހަރު އެކުންފުނީގެ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ:
1 – ފަޞީލް މުޙައްމަދު
2 – ޙާމިދު މުޙައްމަދު
3 – ޢަމީޒާ އަލީ
އެމްޕިއެލްގެ ހައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް 3 މުވައްޒަފުން ޢުމްރާގެ އަޅުކަން އަދާކުރުމަށް އަދި ފަސް މުވައްޒަފުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުންފުނީގެ ހަރަދުގައި ފޮނުވައެވެ.

އުމްރާ ދަތުރުގެ ފުރުސަތު ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: އެމްޕީއެލް
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެމްޕީއެލް ފާހަގަވެގެންދަނީ މުވައްޒަފުންނާއި މެދު ގާތްކަން ބާއްވަވާ ކުންފުންޏެއްގެ ގޮތުގައެވެ.

