ރަމަޟާން މަހަށް ހަނދު ބެލުމާ ގާތްވަމުން އަންނައިރު އެންމެ ގަދައަށް އުޅެވޭ އެއްކަމަކީ މާހެފުމުގެ ކަންތަކެވެ. އަހަރަކު އެއްފަހަރު އަންނަ މާތްވެގެންވާ މި މަސްދުވަހުގެ އަޅުކަމަށް ތައްޔާރުވުމުގެތެރެއިން އާއިލީ ގުޅުންތަކާއި ރައްޓެހި ރަހުމަތްތެރިކަން އާލާކުރުމާއި ގާތްތިމާގެ ދުރުތިމާގެ މީހުންނާ ގާތްކަން ބަދަހިކުރުމާއި ދެކެފަރިތަ ފަރާތްތަކުގެ ގުޅުންއިތުރަށް ގާތް ކުރުމާއި ބީރައްޓެހި ފަރާތްތަކާ އާ ގުޅުންތައް ފެށުމާއި މިހެން ގޮސް އެތައް އެތައް ކަމަކަށްޓަކައި ރޯދައިގެ ކުރިން އަންނަ ފާޑެއްގެ އީދެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
މާހެފުމުގެ އެންމެ މުހިންމު މައިގަނޑު ކަމަކީ "ކެއުން"ތަކެވެ. ދިވެހި ކެއުންތަކާއި ފޮނިރަހަ ހުންނަ ފޮނިފިނި ކާތަކެތިން ސުފުރާތައް ފަޅުފިލުވާލުމަކީ މާހެފުމުގެ އެންމެ ހާއްސަ ސިފަވެސްމެއެވެ. އެންމެން އެކުލަވައިގެން އެއްބައިވަންތަކަމާއި ޖޯޝާއި ފޯރިން ކުރިއަށް ގެންދާ މިވަގުތުގެ އެންމެ ހާއްސަ އެހީތެރިޔަކީ މީރު "މާހެފުން" ސުފުރާ ފުރާލަދޭ ފަރާތްކަން ޔަގީނެވެ. ޒަމާނާއި ވަގުތުގެ ބުރަ ކަމާއެކު ދައުވަތު ދޭ އެންމެނަށް މީރުކޮށް ކައްކާ ނުދެވޭނެ އެތައް ބަޔަކު އުޅޭނެކަން ޔަގީނެވެ. އެއްފަހަރާ އެތައް ވައްތަރެއް ތައްޔާރުކުރަން ވީމާ އެކަންވެސް ނުވެފައި ތިބި ފަރާތްތަކުން ކަންބޮޑުވުން އަވަހަށްދޫކޮށްލައްވާށެވެ.
"މާހެފުން 1444" ގެ ހާއްސަ އެކުވެރިމިތުރު ލީޝާ މިހިރީ ހަމަ ހޭވައްލާ ތައްޔާރަށް މާހެފުން ތައްޔާރުކުރަން ހުށިޔާރަށެވެ. ބޭނުން ވާ ތަކެތީގެ ލިސްޓު އަވަހަށް ލީޝާއާ ހިއްސާކޮށްލައްވާށެވެ. ލީޝާގެ މީރުރަހަ ހުންނަ އަތުން ތައްޔާރުކޮށްފައިވާ ކާތަކެތީގެ ރަހަ އެނގިފައިތިބި ފަރާތްތަކުން މިއީ ކިހާވަރެއްގެ ތެދެއްކަން އެނގޭނެއެވެ.
އަޅުގަނޑަށް ލީޝާގެ އަތުގެ ޖާދޫ އެނގުނީ މިދިޔަ އަހަރުގެ ރޯދަމަހުގެ މާހެފުމުގެ ރަހައިންނެވެ. އޭގެއިންވެސް ލީޝާގެ ކުޅިމަހާމެދު ބުނާނެ ހައްގު ބަހެއް ނޭނގޭހާ އެ ކުޅިމަހުގެ ރަހަ މީރެވެ. ލީޝާއަކީ ކޮންމެ ކާއެއްޗެއްވެސް އެހާ މީރުކޮށް ތައްޔާރުކުރާ ފަރާތެކެވެ. ހާއްސަކޮށް އަވެލި، ފޮނިފާރޮށި، ފޮނި ބިސްކޯދު، މަސްކުރޮޅި، ރޮށްޓާއި ކުޅިމަސް އެއީ ލީޝާގެ އަތުގެ ޖާދޫ ހާމަވާ ކާތަކެއްޗެވެ.

ލީޝާއަކީ ހަމައެކަނި މާހެފުމަށް ކާތަކެތި ތައްޔާރުކުރާ ފަރާތެއް ނޫނެވެ. މިހީވާގި ޒުވާން އަންހެނާއަކީ ކިތަންމެ ދަތިތަނެއްގައިވެސް އަމިއްލަ ފައިމައްޗަށް ތެދުވެވިދާނެކަން ސާބިތުކޮށްދީފައިވާ ފަރާތެކެވެ. މީހަކާ އިނދެގެން ލޯބިވާ ކުދިންކޮޅާއެކު ދިރިއުޅުން އާރާސްތުކުރުމުގައި ހަަމައެކަނި ފިރިމީހާ ގޭނިގެން ފައިސާ ހޯދުން އޭނާއަކަށް ކަމަކު ނުދެއެވެ. ގޭގައި އިނދެގެންވެސް ފައިސާ ހޯދިދަނެކަން ނުހަނު އަވަހަށް އޭނާގެ ފިރިމީހާއެކޭ އެއްފަދައިން ދުރުތިބީންނަށްވެސް ހާމަކޮށްދޭން މާގިނަ ދުވަހެއް ނުނަގައެވެ.
ލީޝާގެ އަތުން ކައްކާ ކާތަކެތީގެ ރަހަ، އެއީ އެންމެނަށްވެސް އެނގޭ ހަގީގަތެކެވެ. ހަމައެހެންމެ ލީޝާގެ ދިރިއުޅުމުގައި އޭނާގެ ހުރިހާ ވަގުތެއް ހުސްކުރެވެނީ އެކި މަސައްކަތްތަކަށެވެ.
މާހެފުމަށް ތައްޔާރު ކުރާ ތަކެތީގެ އިތުރުން އާންމު ދުވަސްދުވަހުވެސް ލީޝާގެ ބަދިގެއިން ކާތަކެތީގެ ރަހަ ލިބެން ހުރެއެވެ. ތެލުލިފަތާއި ރިހާކުރާއި ކުޅި ކާޖާ ފަދަ "ދިވެހިތައްޔާރީ ކާނާ" އުފައްދައި ވިއްކުމަކީވެސް ލީޝާ ކުރަމުން އަންނަ މަސައްކަތެވެ.
މީގެ އިތުރުން މާލޭގެ ދަތި ހަރަދުބޮޑު ދިރިއުޅުން އެތައް ޅަޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގައި ލީޝާ އަންނަނީ ގޭގައި އެކަމަށް މަގުފަހިކޮށް "ސްކޫލަށްދާ ކުދިންނާއި ވަޒީފާތަކަށް ދާ ކުދިންނަށް ކުޑަ އަގެއްގައި ކުދިން ބައިތިއްބަމުންނެވެ. އެކުދިންގެ ހިތުގައި ލީޝާއަށް ދެވިފައި އޮންނަ ގަދަރާއި ލޯބި ބޮޑެވެ.

ލީޝާ: މެންދުރު ގޭގައި އުޅޭ ކުދިންނަށް ކައްކަނީ…..ފޮޓޯ:ލީޝް
"ކުރިންވެސް އެހެން ގޭގެގައިވެސް އުޅުނިން، އެކަމަކު ވަރަށް ދަތިތަކާ ދިމާވޭ. މިގެއަށް އައިފަހުން ހަމަ އަމިއްލަ ގޭގައި އުޅެވޭހެން، ވަރަށް ރަނގަޅު މިގޭ ދައްތަ ހިއެއް ނުވޭ އާއިލާ ނޫން މީހެއްހެނެއް،" ލީޝާގެ ގާތުގައި އުޅޭ ކުދިންގެ ތެރެއިން އޭނާއާ މެދު ހިތްހަމަނުޖެހޭ ބަހެއް ބުނި ކުއްޖެއް ނެތެވެ. އެގޭގައި އުޅެފައި ދިރިއުޅުން ތަރައްގީވެގެން ދާ ކުދިންވެސް ލީޝާއާ ގާތްކަމެއް ބާއްވައެވެ. ސަބަބަކީ އެކުދިންނަށްޓަކައި މާލޭގެ ދިރިއުޅުން ފަސޭހަކޮށްދިނުމުގެ އިތުރުން މާލޭގެ ބައެއް ގޭގެއިން އިހުސާސްވާ ބީރައްޓެހިކަމާއި ދެރަކަން އެގެއިން އިހުސާސްނުވުމެވެ. އަދި އަމިއްލަ ގޭގައި އުޅޭފަދައަކުން އެގޭގައި އުޅެވޭތީއެވެ.
ރޯދަމަސް ފެށެން މަދުދުވަސްކޮޅެއް އޮތް އިރު މިއީ މާހެފުމުގައި އެންމެ ފޯރިގަދަދުވަސްތަކެވެ. ޖީބަށް ބަރު ނުވާނެހެން ރަހަމީރު "މާހެފުމެއް" ތައްުޔާރުކޮށްލުމަށް ލީޝާގެ ޕެކޭޖުތައް ވަރެއް ނޯންނާނެއެވެ.
ނުހަނު ބިޒީ ދިރިއުޅުންތަކުގައި މާހެފުމަށް ބޭނުންވާ ތަކެތި ތައްޔާރު ކުރުމަށް ވަގުތު ނުދެވޭނެތީ ހާސްވާކަށް ނުޖެހޭނެއެވެ. ލީޝާގެ ބަދިގެ މިކަމަށް ހޭވައްލާ ތައްޔާރެވެ. ހަމައެންމެ ކޯލަކުން އެތައް ވައްތަރެއް ލިބޭނެއެވެ. ޖީބަށް ބަރުވުމެއް ނެތެވެ. ވަހާއި ރަހަ ތާޒާވެފައި މީރެވެ. އެތައް ވައްތަރެކެވެ. ތަފާތު އެކި އަތްތަކުގެ ރަހައެއް ނޫނެވެ. އެއް އަތަކުން އެއްވަރަކަށް ހެޔޮވަރުކޮށްފައިވާ އެއް ގޮތް މީރުރަހަތަކެކެވެ.

ލީޝާގެ މި ކެއުންތަކުގެ ރަހަ ހަމަ ވަރަށްވެސް މީރޭ އިނގޭތޯ!…ފޮޓޯ:ލީ3
މަސްކުރޮޅި / ސާގުބޮޑިބަތް / އާދައިގެ ބޮޑިބަތް / ފޮނި ފާރޮށި / ބިންބި މާފުށް / ދިވެހި އަވެލި / ޕިރިނީ އެކި ވައްތަރުގެ / ފޮނި ބިސްކޯދު / ކުޅި ފާރޮށި / ބަތް މާ / ކުޅިމަސް / ވަޅޯމަސް ކުޅިކޮށް / ފިހުނު މަސް / ފިހުނު ކުކުޅު / މުގު ބޮޑިބަތް
އަގުތައް،
- 3 މީހަކަށް -/450ރ
- 5 މީހަކަށް -/600ރ
- 7 މީހަކަށް -/770ރ
- 10 މީހަކަށް -/1000ރ
- 25 މީހަކަށް -/2500ރ
- 50 މީހަކަސް -/5000ރ
- 100 މީހަކަށް -/9500ރ
އިތުރު މައުލޫމާތު ހޯއްދެވުމަށް ނުވަތަ އޯޑަރު ދެއްވުމަށް ލީޝާގެ ނަންބަރު 7319339 އށް ގުޅާލައްވާށެވެ. ގާތް އެކުވެރިންނާއި އާއިލާގެ ދުރާއި ގާތުން ތިމާގެ ފަރާތްތަކާއި އަވަށްޓެރިންނާއެކު ރޯދަމަސް އަންނަކަމުގެ އުފާ ފާޅުކޮށް، އެއް ސުފުރާމައްޗަކުން އެންމެނާއެކުގައި ހިތްގައިމު ހަނދާންތަކެއް ރައްކާކޮށްލުމަށް ލީޝާގެ މާހެފުމަށް އޯޑަރުދެއްވާށެވެ. ޔަގީނުންވެސް އަގުތައް އެހެރީ އަތް ނުފޯރާ ފަށަކު ނޫނެވެ.
ލީޝާއަކީ ހީވާގި ކެރޭ އަންހެނެކެވެ. ހިތްވަރާއެކު ކަމަރު ބަދެގެން ކޮށްފި ކޮންމެ ކަމެއް ކާމިޔާބު ވާނެކަމާއި އެ ކާމިޔާބީގެ ކުރިމައްޗަށް ދިމާވާ ހުރަސްތައް ނައްތާލުމަށް ބޭނުންވަނީ ނުގުޑާއަޒުމަކާއި ފޮނިއުއްމީދަކާއެކު ކުރެވޭ މިންނެތް މަސައްކަތްކަން ލީޝާ އެދަނީ ސާބިތުކޮށްދެމުންނެވެ.
ހުވަދޫ ޓީމްގެ ފަރާތުން ލީޝްއަށް އަދަށްވުރެ ފަހި މާދަމާއަކަށް އެދެމެވެ.

