ފޭސްބުކް، އިންސްޓަގްރާމް އަދި ތްރެޑްސް ފަދަ މެޓާ ހިއްސާވާ ޕްލެޓްފޯމްތަކަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ގިނަ ބަޔަކަށް އެ ޕްލެޓްފޯމްތައް ބޭނުން ނުކުރެވޭގޮތްވެއްޖެއެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ސޯޝަލް މީޑިއާގެ މި ޕްލެޓްފޯމްތަކުގެ ފަންކްޝަނަލިޓީތަކަށް ވަނީ އަސަރުކޮށްފަ އެވެ.
ފޭސްބުކް އެކައުންޓްތަކުން ލޮގްއައުޓްވެ، އަލުން ލޮގިން ނުވުން ފަދަ ތަފާތު މައްސަލަތައް ބޭނުންކުރާ ފަރާތްތަކުން ދަނީ ރިޕޯޓް ކުރަމުންނެވެ.
ހަމައެފަދައިން އިންސްޓަގްރާމް ބޭނުންކުރާ މީހުންނަށް ވެސް ފީޑްތައް ރެފްރެޝް ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ބައެއް މީހުންނަށް ސްޓޯރީތަކާއި ކޮމެންޓްތައް ލޯޑް ނުކުރެވެއެވެ. މެޓާ އިން އުފެއްދި އެޕްލިކޭޝަނެއް ކަމަށްވާ ތްރެޑްސް ވެސް މުޅިން ޝަޓްޑައުންވެ، ލޯންޗް ކުރާއިރު އެއާރ މެސެޖެއް ފެންނަން އެބަހުއްޓެވެ.
ފޭސްބުކް އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ގިނައަދަދަކަށް މީހުން ބޭނުންކުރާ ޝޯޝަލް މީޑިޔާ ޕްލެޓްފޯމް އެކެވެ.

