ގައުމީ އެއާލައިން މޯލްޑިވިއަނުން، ހަނިމާދޫ – ޓްރިވަންޑްރަމް، ދަތުރުތައް އަލުން ފަށަން ނިންމައިފިކަމަށް މޯލްޑިވިއަނުން ބުނެފިއެެވެ.
މިކަން ހާމަކުރަމުން ހަނިމާދޫން، ޓްރިވަންޑްރަމް ދަތުރުތައް ފަށާނީ އަންނަ މަހުގެ 12 ވަނަ ދުވަހު ކަމަށާއި މިއަދުން ފެށިގެން އެ ދަތުރުތަކުގެ ޓިކެޓް ބުކް ކުރެވެން ހުންނާނެ ކަމަށް މޯލްޑިވިއަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ބުނެފައެެވެ.
އަދި މި ދަތުރުތައް ބާއްވާނީ ކޮންމެ ހަފުތާއެއްގެ ހޯމަ އާއި ހުކުރު ދުވަހު ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.
މީގެ ކުރިން ވެސް މޯލްޑިވިއަނުން ހަނިމާދޫ – ޓްރިވަންޑްރަމް ދަތުރުރައް ކުރަމުން ދިޔައެވެ. އެ ދަތުރުތައް ހުއްޓުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމާ ގުޅިގެންނެވެ.

