ދިވެހިންގެ ފަރާތުން ހަދިޔާކުރި ކާބޯތަކެތީގެ 5,000 ޕެކޭޖް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދީފިއެވެ.
އްޖޭގެ ޖަމްއިއްޔާއެއް ކަމަށްވާ އައިއޭސީއިން މިއަދު ބުނީ ކާނެ އެއްޗެއް ނުލިބި ޣައްޒާގެ ރައްޔިތުން ދަނީ ވަރަށް ބޮޑު ވޭނެއް ތަހައްމަލު ކުރަމުން ކަމަށާއި އެގޮތުން ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ދުނިޔެ ދޫކުރަމުންދާ ކަމަށެވެ.
އުތުރު ޣައްޒާއަކީ ހަމަލާތަކުގައި އެންމެ ބޮޑަށް ހަލާކުވި ސަރަހައްދު ކަމަށާއި އެ ތަނުގައި މިވަގުތު ތިބި އާއިލާތަކަށް އެހީ ވެދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އައިއޭސީއިން ބުންޏެވެ.
އެގޮތުން 5000 ކާބޯތަކެތީގެ ޕެކޭޖް ބަހާފައިވާކަން ފާހަގަކޮށް އައިއޭސީއިން މިއީ އެ އާއިލާތަކަށް ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމެއް ކަމަށް އުންމީދު ކުރާ ކަމަށެވެ.
އައިއޭސީއިން ބުނީ ކޮންމެ ދުވަހަކުވެސް އެކި ގޮތްގޮތުން ފަލަސްޠީނު ރައްޔިތުންނަށް އެހީވުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި މަސައްކަތްތައް ހުއްޓައެއް ނުލާނެ ކަމަށެވެ. އަދި މި މަސައްކަތުގައި ސާބިތުކަން ދެއްވުމަށާއި މި އެހީ އެ ރައްޔިތުންނަށް ރައްކާތެރިކަމާއެކު ލިބުމަށާއި އިޒްރޭލުގެ ލާއިންސާނީ އަނިޔާތަކުން ޣައްޒާގެ ރައްޔިތުން ސަލާމަތް ކޮށްދެވުން އެދި ދުޢާ ކޮށްދެއްވުމަށް ވެސް އައިއޭސީއިން ވަނީ އެދިފައެވެ.

