ޑރ ފާތިމަތު މުނާ ލިޔުއްވާފައިވާ ފޮތް "ދަ ޕަވަރ އޮފް އޮޕްޓިމިސްޓިކް ތިންކިންގ ޓު ޓްރާންސްފޯމް ޔުއަރސެލްފް،" މާދަމާ ހަވީރު ނެރެން ނިންމައިފިއެވެ.
ޕޮޒިޓިވް ތިންކިން ނުވަތަ "ރަނގަޅު ވިސްނުން"، ކޮންމެ ކަމެއްގެވެސް ރަނގަޅު ގޮތަށް ވިސްނުމަކީ ވަރަށް ބާރުގަދަ ވަސީލަތެކެވެ. އުއްމީދީ، ޕޮޒިޓިވް ވިސްނުމަކުން ފިކުރުތަކުންނާއި ހާސްވުންތައް ދުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ކުރިއަށް ދިއުމަށް މަގު ތަނަވަސްކޮށްދޭނެއެވެ.

ޑރ މުނާ ލިޔުއްވާފައިވާ ފޮތް "ދަ ޕަވަރ އޮފް އޮޕްޓިމިސްޓިކް ތިންކިންގ ޓު ޓްރާންސްފޯމް ޔުއާސެލްފް،" ފޮތް
ޑރ ފާތުމަތު މުނާ ލިޔުއްވާފައިވާ ފޮތުގެ ނަމުން ދޭހަ ކޮށްދެނީ މިއީ އަމިއްލަ ނަފުސު ބަދަލުކޮށްލުމަށށް ވަރަށް މުހިންމު ފޮތެއްކަމެވެ.
މާދަމާ ހަވީރު ނެރެން ހަމަޖެހިފައިވާ މި ފޮތަކީ ދިރިއުޅުމުގެ މައިދާނުގައި ކުރިއަށް ދިއުމަށް އަމިއްލަހާލަތު ބަދަލުކޮށްލުމަށް ކިޔާލަން ވަރަށްވެސް ރަނގަޅު މުހިންމު ފޮތެކެވެ.

